ބެންގަލޫރު: އެ ސިޓީގެ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ވަނީ ފެނިފައި

މަރު

ބެންގަލޫރުގެ ސިޓީ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ

މަރުވީ ބެލެވޭ ގޮތުގައި ލޭގެ ޕްރެޝަރު ދަށްވެ ޑީހައިޑްރޭޝަންގެ ސަބަބުން ހާޓް އެޓޭކެއް ޖެހިގެން ކަމަށް ފުލުހުން ބުނެފައިވޭ
15 ނޮވެމްބަރު 2024

ބެންގަލޫރުގެ ސިޓީ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ވީކިހިނެއް؟ - އިންޑިއާގެ ނޫސްތަކުގައި މިއަދު މި ހާދިސާ ރިޕޯޓުކޮށްފައިވެ އެވެ.

ތަފްސީލް - ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި:

  • މަރުވެފައި އޮއްވާ ފެނުނީ ހަސަން ސުހައިލް، 43

  • އޭނާ އޯޑަރުކުރި ކެއުމެއް ހިފައިގެން ހޮޓެލް ސްޓާފަކު ދިޔުމުން ރޫމު ދޮރު ނުހުޅުވާތީ ފުލުހަށް ރިޕޯޓުކޮށްގެން ފުލުހުން އައިސް ދޮރު ވައްޓާލައިގެން ބެލިއިރު އޮތީ މަރުވެފައި

  • މަރުވީ ބެލެވޭ ގޮތުގައި ލޭގެ ޕްރެޝަރު ދަށްވެ ޑީހައިޑްރޭޝަންގެ ސަބަބުން ހާޓް އެޓޭކެއް ޖެހިގެން ކަމަށް ފުލުހުން ބުނެފައިވޭ

  • އޭނާ އިންޑިއާއަށް ދިޔައީ މިދިޔަ ހޯމަ ދުވަހު. ރާއްޖެ އައުމަށް ޓިކެޓު ބުކްކޮށްފައިވަނީ މިއަދަށް. އެއީ މުމްބާއީ މަގުން

  • މިދިޔަ އަންގާރަ ދުވަހަށް މުމްްބާއީއަށް ޓިކެޓު ނަގާފައި އޮތް ނަމަވެސް އޭނާ މުމްބާއީއަށް ގޮސްފައެއް ނުވޭ

ބެންގަލޫރަކީ ގިނަ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ސިޓީއެކެވެ. 


ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް