ރައީސް މުއިއްޒު ސައުދީގެ ރިޔާދަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން(ފޮޓޯ/ރައީސް އޮފީސް)
އަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސައުދީއަށް ވަޑައިގެންފި
ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާއަށް މިއަދު ވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ސައުދީގެ ރިޔާދަށް ކުރެއްވި މި ދަތުރުފުޅަކީ އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ތަފްސީލް - މި ދަތުރުފުޅުގައި މިއަދު ރިޔާދަށް ވަޑައިގަތުމުން ކިންގް ހާލިދް އިންޓަނޭޝަނަލް އެއާޕޯޓުން ރައީސް މުއިއްޒަށް މަރުހަބާ ވިދާޅުވީ، ރިޔާދު ސަރައްދުގެ ޑެޕިއުޓީ ގަވަރުނަރު ޕްރިންސް މުހައްމަދު ބިން އަބްދުއްރަހުމާން ބިން އަބްދުލްއަޒީޒެވެ
މަތީ ފަންތީގެ ވަފުދަކާ އެކު ކުރައްވާ މި ދަތުރުފުޅުގައި، އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި ސަރަހައްދީ ހުތޫރާތްތެރި މައްސަލަތަކާ މެދު، ސަރަހައްދީ ލީޑަރުން ކުރައްވާ މަޝްވަރާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ސަމިޓުގައި މަޝްވަރާތައް ބިނާކުރައްވާނީ، އިއްޔެ ރިޔާދުގައި ނިންމި ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގެ ނިންމުންތަކުގެ މައްޗަށެވެ.
ރައީސް މުއިއްޒު މިއަދު މެންދުރު ފަހު މި ސަމިޓުގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓް