މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ހާއްސަ އިނާމު ދެއްވުން: މި އިނާމު މިއަހަރު 40 ބޭފުޅަކަށް ވަނީ ދެއްވާފައި. (ފޮޓޯ/ރައީސް އޮފީސް)
ތައުލީމީ ދާއިރާއިން މަތީ ދަރަޖައިގެ އިނާމު 40 ބޭފުޅުންނަށް
ތައުލީމީ ދާއިރާއިން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އިނާމު 40 ބޭފުޅަކަށް މިރޭ ދީފި އެވެ.
ވީ ކިހިނެއް؟ - އެ އެވޯޑު ދިނީ މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު އެވެ.
ތަފްސީލު - ތައުލީމީ ދާއިރާއިން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އިނާމަށް އެދި 113 ފަރާތަކުން މިއަހަރު ހުށަހެޅި އެވެ. އޭގެ ތެރެއިން މި އަހަރު އެވޯޑު ދިނީ 40 ބޭފުޅުންނަށެވެ.
އެއީ:
-
ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި ދެ ބޭފުޅުން
-
ގައުމީ ސަނަދުތަކުގެ ލެވެލް 7، 8 ނުވަތަ 9ގެ އެންމެ މަތީ ވަނަ ނުވަތަ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 38 ބޭފުޅުން
އެވޯޑު ލިބޭ މީހުން ކަނޑައެޅީ އިނާމާ ބެހޭ ކަންތައްތައް ކުރިއަށް ގެންދިއުމަށް ރައީސް ކަނޑައަޅުއްވާފައިވާ އިނާމާ ބެހޭ ކޮމެޓީންނެވެ.
ކޮމެންޓް