25 އޮކްޓޯބަރު 2024: ދިރާގު ރޯޑް ރޭސްގައި 100 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވެފައިވޭ: ރޭހުގައި ދުވަނިކޮށް ހާޓު އެޓޭކު ޖެހުނު މީހާ މަރުވެއްޖެ - (ފޮޓޯ/ދިރާގު)
ދިރާގު ރޯޑް ރޭސްގައި ދުވަނިކޮށް ހާޓު އެޓޭކު ޖެހުނު މީހާ މަރުވެއްޖެ
ހުޅުމާލޭގައި މިދިޔަ މަހު ކުރިއަށް ގެންދިޔަ ރޯޑު ރޭސްގައި ދުވަނިކޮށް ހާޓު އެޓޭކެއް ޖެހިގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހާ މިއަދު މަރުވެއްޖެ އެވެ.
ވީކިިހިނެއް؟ - އުމުރުން 40ގެ އަހަރުތަކުގައި އުޅޭ އެ މީހާ ރޭސް ނިންމާލިތަނާ ވެއްޓިގެން މިދިޔަ 25 އޮކްޓޯބަރުގައި ޓްރީޓޮޕްގައި ފަރުވާ ދޭން ފެށި އެވެ.
ތަފްސީލް - އޭނާ މިއަދު ހަވީރުގެ ވަގުތެއްގައި މަރުވެފައިވާ ކަން އާއިލާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ދިރާގުން 2007 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބޮޑު ރޭހުގައި މި އަހަރު 4،400 ދުވުންތެރިއަކު ބައިވެރިވި އެވެ.
އެ ދުވުމުގައި ވަނަވަނައަށް ދިޔަ މީހުންނަށް ވަނީ ފައިސާގެ އިނާމުދީފަ އެވެ.
ކޮމެންޓް