ބީއެމްއެލްއިން ގާފަރުގައި ހުޅުވި ސެލްފް ސާވިސް އޭޓީއެމް ސެންޓަރުން މީހަކު ހިދުމަތް ހޯދަނީ (ފޮޓޯ/ބީއެމްއެލް)
އަންނަ އަހަރުގެ ނިޔަލަށް މީހުން އުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ބަހައްޓަނީ
އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަން މަޝްރޫއެއް އިފްތިތާހުކޮށް އިކޮނިމިކް މިނިސްޓްރީއާ މިއއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގައި އިފްތިތާހްކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
ތަފްސީލް - ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް އެއްބަސްވެ އިކޮނިމިކް މިނިސްޓްރީއާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވީ:
-
އިކޮނިމިކް މިނިސްޓްރީ - މިނިސްޓަރު މުހައްމަދު ސައީދު
-
ބީއެމްއެލް - ސީއީއޯ މުހައްމަދު ޝަރީފް
މި މަޝްރޫއުގެ ދަށުން:
-
އެންމެ ފުރަތަމަ އޭޓީއެމް ބެހެއްޓީ އދ. އޮމަދޫގައި
-
އެއީ ބީއެމްއެލް އިން ބެހެއްޓި 150 ވަނަ އޭޓީއެމް
-
ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާނީ ފިޔަވަހިތަކަކަށް ބަހާލައިގެން
-
ފުރަތަމަ ފިޔަވަހީގައި 17 ރަށެއްގައި އޭޓީއެމް ބަހައްޓާނެ؛ މި ފިޔަވަހި އަންނަ އަހަރުގެ މާޗު 31އަށް ނިންމާނެ
-
ދެވަނަ ފިޔަވަހީގައި 56 އޭޓީއެމް ބަހައްޓާނެ
-
ތިން ވަނަ ފިޔަވަހީގައި 30 އޭޓީއެމް ބަހައްޓާނެ
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ ޝަރީފް ވިދާޅުވީ ބީއެމްއެލްގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ނިންމުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި:
-
މަޝްރޫއު ނިމޭއިރު ޖުމްލަ 250 ބީއެމްއެލް އޭޓީއެމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނާނެ
-
މިހާރު ވެސް މީހުން ދިރިއުޅޭ 90 ރަށެގައި އޭޓީއެމްގެ ހިދުމަތް ލިބޭނެ
-
އެ އޭޓީއެމްތައް އަހަރަކު 15 މިލިއަން ފަހަރު ރައްޔިތުން ބޭނުންކުރޭ
ފުރަތަމަ ފިޔަވަހީގެ ދަށުން އޭޓީއެމް ބަހައްޓަން ނިންމާފައިވާ ރަށްތައް:
-
ހއ. އުތީމް
-
ހދ. ނޮޅިވަރަންފަރު
-
ރ. އިންނަމާދޫ
-
ބ. ކިހާދޫ
-
ދ. ހުޅުދެލި
-
ލ. މާބަައިދޫ
-
ހއ. މުރައިދޫ
-
ށ. ކަނޑިތީމް
-
ބ. ގޮއިދޫ
-
ބ. ކެންދޫ
-
ތ. ގާދިއްފުށި
-
ގއ. ކަނޑުހުޅުދޫ
-
ހދ. ނޮޅިވަރަމް
-
ށ. މަރޮށި
-
ބ. ފުޅަދޫ
-
އދ. މަންދޫ
-
ލ. ކަލައިދޫ
ކޮމެންޓް (2)
ބީއެމް އެލް ކުރީގެ ބިޓް
މުންނާރު