ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ރައީސް މުއިއްޒު ދަރިވަރަކާ ސްކޮލަޝިޕް ހަވާލުކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)
މުދައްރިސް ކަމަށް 135 ދަރިވަރުންނަށް ސްކޮލަޝިޕް ދީފި
މުދައްރިސުން ތަމްެރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކޮށް، ޓީޗިން ހަދަން ބޭނުންވާ 135 ދަރިވަރުންނަށް ސްކޮލަޝިޕް މިއަދު ދީފި އެވެ.
ވީ ކިހިނެއް؟ - މިއަދު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް އިފްތިތާހްކޮށްދެއްވައި ދަރިވަރުންނަށް ސްކޮލަޝިޕް ހަވާލުކުރެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
ތަފްސީލް - މި ޕްރޮގްރާމަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ދިމާވެފައިވާ ޓީޗަރުން ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށާއި ތައުލީމީ ދާއިރާގައި ދޭސީ މުދައްރިސުން އިތުރުކުރުމަށް އަމާޒުކޮށް މަތީ ސާނަވީ ތައުލީމު ނިންމުމަށް ފަހު ނިކުންނަ ދަރިވަރުންނަށް އަމާޒުކޮށް ފެށި ޕްރޮގްރާމެކެވެ.
މިއީ 10 އަހަރުގެ ތެރޭގައި އެންމެ ގިނަ ޓީޗަރުން ތަމްރީނު ކުރާނެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި:
-
21 ސްކޫލަކުން 135 ދަރިވަރުންނަށް ސްކޮލަޝިޕް ދިން
-
ސްކޮލަޝިޕާ ހަވާލުވީ ކޮންމެ ސްކޫލަކުން ދަރިވަރެއް
-
ޕްރޮގްރާމްގައި ބައިވެރިވެވޭނީ އޭ ލެވެލް ކިޔަވަން ފަށާ ކުދިންނަށް
-
އޭ ލެެވެލް އާއެކު ޓީޗިންގެ ފައުންޑޭޝަން ޕްރޮގްރާމެއް ނިންމައި ޑިޕްލޮމާ ފަށާނެ
-
ކޮންމެ ކުއްޖަކަށް ވެސް މަހަކު 1،500ރ.ގެ އެލަވަންސެއް ދޭނެ
-
ރަށްރަށުގައި ކިޔަވާ ކުދިންނަށް ރަށުގައި ތިބެގެން މިޕްރޮގްރާމްގައި ބައިވެރިވެ ކިޔެވޭނެ
މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ސްކޫލްތައް:
-
އިހަވަންދޫ ސްކޫލް
-
ޖަލާލުއްދީން ސްކޫލް
-
މިލަންދޫ ސްކޫލް
-
ފޯކައިދޫ ސްކޫލް
-
ފުނަދޫ ސްކޫލް
-
މޭނާ ސްކޫލް
-
ކެނދިކުޅުދޫ ސްކޫލް
-
ރ. އަތޮޅު ތައުލީމީ މަރުކަޒު
-
ތުޅާދޫ ސްކޫލް
-
ޅ. އަތޮޅު ތައުލީމީ މަރުކަޒު
-
ތޮއްޑޫ ސްކޫލް
-
އުކުޅަހު ސްކޫލް
-
ކެޔޮދޫ ސްކޫލް
-
ފ. އަތޮޅު ތައުލީމީ މަރުކަޒު
-
ދ. އަތޮޅު ތައުލީމީ މަރުކަޒު
-
ގއ. އަތޮޅު ތައުލީމީ މަރުކަޒު
-
އައްޑޫ ހައި ސްކޫލް
-
ސީއެޗްއެސްއީ
-
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް
-
އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
ކޮމެންޓް