އެޑިއުކޭޝަން މިނިސްޓަރު ޝަފީއު މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ (ފޮޓޯ/ މަޖިލިސް)
ސްކޫލް ޕްރޮޖެކްޓްތަކަށް ނުދައްކާ އޮތް 248 މިލިއަން ރުފިޔާ ދައްކައިފި
ސްކޫލްތަކުގައި ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަށާފައިވާ ޕްރޮޖެކްޓްތަކަށް ބަރާބަރަށް ފައިސާ ދައްކާފައި ނުވާތީ ކަމަށާއި އެގޮތުން ނުދައްކާ އޮތް 280 މިލިއަން ރުފިޔާގެ ތެރެއިން 248 މިލިއަން ރުފިޔާ ދައްކާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިނިސްޓަރު ޝަފީއު އެހެން ވިދާޅުވީ ދަރުމަވަންތަ ސްކޫލްގެ ހޯލުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ބެލުމަށް އެޑިއުކޭޝަން މިނިސްޓަރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުކުރުމުން، ސްކޫލްތަކުގައި ފަށާފައިވާ ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މެންބަރުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ތަފްސީލް - އެކަމާ ގުޅޭ ގޮތުން ޝަފީއު ވިދާޅުވީ:
-
އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ފަށާފައިވާ މަސައްކަތުގެ ފައިސާ ނުދައްކާ ބިލުތަކުގެ އަގު 280 މިލިއަން ރުފިޔާއަށް ވުރެ ގިނަ
-
ނިމިފައިވާ ޕްރޮޖެކްޓްތަކާއި ހިނގަމުންދާ ޕްރޮޖެކްޓްތަކަށް ފައިސާ ދައްކަން ވަނީ ފަށާފައި
-
މިހާރު ނުދެއްކި ހުރީ 32 މިލިއަން ރުފިޔާ
-
ފައިސާ ނުދައްކައިގެން ބައެއެް ކުންފުނިތަކުން މަސައްކަތް ހުއްޓާލާފައިވޭ
ޝަފީއު ވިދާޅުވީ މިއަހަރު ޕީއެސްއައިޕީއަށް ބަޖެޓުކުރިއިރު އާ ޕްރޮޖެކްޓްތަކަށް ބަޖެޓުކޮށްފައިވަނީ އެވްރެޖްކޮށް މުޅި ބަޖެޓުގެ %7 ޕަސަންޓު ކަމަށެވެ.
"15%އާ ހަމައަށް ބަޖެޓުކުރެވިފައެއް ނުއެއް ނެތް. އަދި މީގެ އިތުރުން ހިނގަމުންދިޔަ ޕްރޮޖެކްޓަތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން މަސައްކަތްކުރަމުންދިޔަ ކޮންސްޓްރަކްޝަން ކުންފުނިތައް ޑީމޮބަލައިޒްކޮށްފައިވަނީ ވަރަށް ގިނަ ތަންތަނުން. އެހެންވެ ވަރަށް ގިނަ ކޮންސްޓިޓުއެންސީތަކުގައި ހިނގަމުންދިޔަ ޕްރޮޖެކްޓްތައް ވަނީ މަޑުޖެހިފައި،" އޭނާ ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ:
-
ޕްރޮޖެކްޓްތައް އަލުން ފަށަން ފަށައިފިން
-
ނުފެށި ހުރި ޕްރޮޖެކްޓްތައް ބަލައި ދެނެގަނެ، އާ ކޮންސްޓްރަކްޝަން ކުންފުނިތަކާ އެކު ކޮންޓްރެކްޓްތައް ދަނީ ހަދަމުން
ކޮމެންޓް (1)
އަލިބެ...