އީސީގެ މެންބަރުކަމަށް އައްޔަނު ކުރަން މަޖިލީހުން މިއަދު ފާސްކުރި ހަސީބް

އީސީގެ މެންބަރުކަމަށް ހަސީބުގެ ނަން ފާސްކޮށްފި

ހަސީބް ވަނީ އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެރްޓަރީގެ މަގާމް އަދާކުރައްވާފައި
5 ނޮވެމްބަރު 2024

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްގެ މަގާމްގައި ހުންނެވި ފުއާދު ތައުފީގްގެ ދައުރު ހަމަވާތީ އީސީގެ މެންބަރު ކަމަށް ހަމަޖައްސަން އަބްދުލްހަސީބް އިސްމާއީލްގެ ނަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު، ހަސީބުގެ ނަން މިދިޔަ މަހުގެ 14ގައި މަޖިލީހަށް ފޮނުއްވީ އެ މަގާމަށް އިއުލާނު ކުރުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިންނެވެ.

ފުއާދުގެ ދައުރު މިދިޔަ މަހުގެ 24ގައި ވަނީ ހަމަވެފަ އެވެ.

ތަފްސީލް - ހަސީބް އެ މަގާމަށް އައްޔަންކުރަން މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާގުންނެވެ.

ފާހަގަކޮށްލެވޭ - ހަސީބް ކުރިން ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެރްޓަރީގެ މަގާމްގަ އެވެ. އެގޮތުން، 2019 ވަނަ އަހަރު އެ މަގާމަށް އައްޔަންކުރުމަށް ފަހު އޭނާ މަގާމުން ވަކިކުރީ ސުލޫކީ މައްސަލައެއްގައި 2021ގަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް