ތުރުކީއާއެކު ދިވެހި ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު ސައީދު އަދި އެ ގައުމުގެ ޓްރޭޑް މިނިސްޓަރު ޕްރޮފެސާ ޑރ. އޮމަރު ބޮލަޓް، ސޮއިކުރުމަށްފަހު، ފޮޮޓޯއަކަށް ހުއްޓިގެން
ތުރުކީން އަގު ހެޔޮކޮށް މުދާ ގެނެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފި
ދިވެހި ސަރުކާރާއި ތުރުކީ ސަރުކާރާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްޓަކައި، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މި އެއްބަސްވުމަކީ، ރައިސް މުހައްމަދު މުއިއްޒު މިދިޔަ އަހަރު ނޮވްމެބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެން އެ މަހު ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، ތުރުކީއަށް ވަޑައިގެން އެ ގައުމުގެ ރައީސް ތައްޔިބު އުރުދުގާންއާއެކު ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށްޓަކައި ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ތުރުކީގެ ފަރާތުން ސޮއިކުރެއްވީ، އެ ގައުމުގެ ޓްރޭޑް މިނިސްޓަރު ޕްރޮފެސާ ޑރ. އޯމަރު ބޮލަޓް އެވެ.
ތަފްސީލު - މި އެއްބަސްވުމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ:
-
މި އެއްބަސްވުމުގެ ދަށުން، ތުރުކީއަށް އެކްސްޕޯޓު ކުރާ މަހުގެ ބާވަތްތަކަށް ލުއި ލިބިގެންދާނެ
-
މަސް އެކްސްޕޯޓު ކުރާ ފަރާތްތަކަށް ތުރުކީ މާކެޓްގައި ވިޔަފާރި ފުޅާ ކުމުގެ ފުރުސަތު ފަހިވެގެންދާނެ
-
ވިޔަފާރީގެ ހުރަސްތައް ކުޑަ ކުރެވި، ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަކުރުން ހިމެނޭ
-
ދެ ގައުުމު ދެމެދު ކުރެވޭ ވިޔަފާރި އިތުރުވެ، ދިވެހި ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ
"ކުރިއަށް އޮތްތާގައި ވިޔަފާރި އަދި އިގްތިސާދީ ދާއިރާއިން މަސައްކަތްތައް އިތުރުކުރެވި، އާ ފުރުސަތުތައް ވިޔަފާރިތަކަށް ހުޅުވިގެންދާނެ،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
Minister @em_saeed today signed the Türkiye- Maldives Preferential Trade Agreement in Istanbul, Türkiye. Negotiations on this historic agreement commenced following the state visit of HEP Dr.@MMuizzu’s to Türkiye in November 2023. The agreement solidifies the new chapter of… pic.twitter.com/fI3JwFD60G
— Ministry of Economic Development and Trade (@MoEDmv) November 4, 2024
ކޮމެންޓް