ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް. (ފޮޓޯ: މަޖިލީސް)

ކޮރަޕްޝަން

ދައުލަތުގެ އިދާރާތަކުގައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ފަސޭހަކުރަން ގާނޫނު އިސްލާހުކުރަނީ

ރައީސް ވިދާޅުވީ ގާނޫނުލްއުގޫބާތަށް ގެނެވޭ އިސްލާހުގެ ސަބަބުން ރައީސް، ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ފަނޑިޔާރުން އަދި ދައުލަތުގެ މުވައްޒަފުންނާއި އެ މަގާމު އަދާކޮށްފައިވާ މީހުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ބަލަން ފަސޭހަވާނެ
31 އޮކްޓޯބަރު 2024

ދައުލަތުގެ އިދާރާތަކުގައި ހުރި ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް ތަހުގީގުކުރުމަށާއި ދައުވާކުރަން ހުރި ގޮންޖެހުންތައް ނައްތާލަން ގާނޫނަށް އިސްލާހު ގެންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތަފްސީލު - ރައީސް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިކަމުގައި ގާނޫނުލްއުގޫބާތަށް ގެންނަންޖެހޭ އިސްލާހުތައް މި ފެށޭ ހަފްތާގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އިސްލާހު ހުށަހެޅުމަށް ނިންމާފައިވަނީ ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާއަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މާއްދާއަށް ގެނެވޭ އިސްލާހުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭ ގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުޙައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް