ބަޖެޓު ދިރާސާކުރާ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުން. (ފޮޓޯ/މަޖިލިސް)
ސަރުކާރުން ހުށަހެޅި ގޮތަށް ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަން ކޮމެޓީން ރުހުން ދީފި
ސަރުކާރުން ހުށަހެޅި ގޮތަށް ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަން ބަޖެޓު ދިރާސާކުރާ ކޮމެޓީން މިއަދު ރުހުން ދީފި އެވެ.
ވީ ކިހިނެއް؟ - ދައުލަތުގެ ހަރަދުތައް ހަމަޖައްސަން މިދިޔަ އަހަރު ފާސްކުރި ބަޖެޓަށް 5 ބިލިއަން ރުފިޔާ އިތުރުކުރަން ސަޕްލިމެންޓަރީ ބަޖެޓެއް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ބަޖެޓު ދިރާސާކުރަން މަޖިލީހުގެ ތަޅުމުން ހަމަ އެ ދުވަހު ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ.
ތަފްސީލު - މިއަދު ބޭއްވި ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ގޮތަށް ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަން ހުށަހެޅުއްވީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެވެ. ގާސިމްގެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް އެވެ.
ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓު ފާސްކުރަން ރުހުން ދިނީ ކޮމެޓީގެ އިއްތިފާގުންނެވެ.
ސަޕްލިމެންޓްރީ ބަޖެޓުގައި ހިމެނޭ މައިގަނޑު ބައިތަކަކީ:
-
ޕީއެސްއައިޕީ މަޝްރޫއުތަކަށް 2 ބިލިއަން ރުފިޔާ
-
އެސްއޯއީތަކަށް 441.1 މިލިއަން ރުފިޔާ
-
ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ
-
ސްޓޫޑެންޓު ލޯނު ދޫކުރުމަށް 458 މިލިއަން ރުފިޔާ
-
މެޑިކަލް ކޮންސިއުމަބަލްސް އަށް 200 މިލިއަން ރުފިޔާ
-
ބޭސް ފަރުވާގެ އެހީއަށް262.6 މިލިއަން ރުފިޔާ
-
ސަބްސިޑީ އަށް 1.02 ބިލިއަން ރުފިޔާ
-
މުސާރަ އައި އުޖޫރައަށް 24.4 މިލިއަން ރުފިޔާ
ސަޕްލިމެންޓަރީ ބަޖެޓާ އެކު، މި އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
ކޮމެންޓް (1)
ނަންނި