މަޖިލީހުގެ ޖަލްސާއެއްގައި ވޯޓުލުން ކުރިއަށްދަނީ (ފޮޓޯ/ މަޖިލިސް)

ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަންކުރާނެ 4 ބޭފުޅަކަށް މަޖިލީހުން ރުހުންދީފި

އެ މާގަމަށް ހުޅުވާލުމުން ކުރިމަތިލީ 13 ފަރާތެއްގެ ނަން މަޖިލީހަށް ފޮނުވި
24 އޮކްޓޯބަރު 2024

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ހަތަރު މަގާމަށް މެންބަރުން އައްޔަންކުރަން މަޖިލީހަށް ފޮނުވި 13 ނަމުގެ ތެރެއިން ހަތަރު ނަމެއް ފާސްކޮށް މިއަދު ރުހުން ދީފި އެވެ.

ވީ ކިހިނެއް؟ - އެ މަގާމަށް އިއުލާނު ކުރުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ނަންތައް މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ އެވެ.

ރައީސް މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ނަންތަކަކީ:

  • 1-

    ހަސަން ޒުހޭރު މުހައްމަދު، ގ. މާވާރުލު/މާލެ

  • 2-

    އައިޝަތު އާދަމް، ރިވެލި/ރ. އަލިފުށި

  • 3-

    އިބްރާހިމް ޝަރީފް، ގ. އަލިޝާ/މާލެ

  • 4-

    ޝިފަްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ/ގއ. ނިލަންދޫ

  • 5-

    އަހްމަދު ސައީދު، މ. ފަތްކޯނި ހުޅަނގުބައި/މާލެ

  • 6-

    އަބްދުﷲ އަބްދުލްހަކީމް، އަޒާން ޕެލަސް/ޅ. ނައިފަރު

  • 7-

    މުހައްމަދު އަމީން ޒާހިރު، ނީލާ/އައްޑޫ ހިތަދޫ

  • 8-

    މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން/މާލެ

  • 9-

    އަބްދުލް ގަނީ މުހައްމަދު، ހ. ހޮއްސައިޑް/މާލެ

  • 10-

    އަހްމަދު އަލީ، ހުޅުމާލެ 

  • 11-

    އަލީ ރިޒާ އިސްމާއިލް، ހުޅުމާލެ ހިޔާ

  • 12-

    ފާތިމަތު ޝަފީނާޒް، ހުޅުމާލެ ގޯތި ނަމްބަރު 11021

  • 13-

    މަޖީދު އަލީ، މަތަރެސްމާގެ/ގއ. މާމެންދޫ

ތަފްސީލް - ރައީސް ފޮނުއްވި ނަންތައް ދިރާސާކޮށް އިންޓަވިއު ކުރުމަށް ފަހު، %75އަށް ވުރެ މަތިން މާކްސް ލިބުނު ހަތް ނަމަކަށް މިއަދުގެ ޖަލްސާގައި ވަނީ ވޯޓު ނަގާފަ އެވެ. އެގެ ތެރެއިން މެންބަރުން ރުހުން ދެއްވީ:

  • އަބްދުލް ގަނީ މުހައްމަދު (ލިބުނީ %93 މާކްސް) - 68 ވޯޓު؛ ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވާ

  • އިބްރާހިމް ޝަރީފް (ލިބުނީ %84 މާކްސް) - 68 ވޯޓު؛ ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވާ

  • ހަސަން ޒުހޭރު (ލިބުނީ %83 މާކްސް) - 68 ވޯޓު؛ ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވާ

  • ޝިފްޒާ އަބްދުލްގައްޔޫމް (ލިބުނީ %75 މާކްސް) - 68 ވޯޓު؛ ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވާ

މަޖިލީހުން ރުހުން ނުދިން ތިން ނަމަކަށް ޝިފްޒާއަށް ވުރެ މަތިން އިންޓަވިއުގައި ވަނީ މާކްސް ލިބިފަ އެވެ. އެ ތިން ނަމަކީ:

  • މުހައްމަދު އަމީން ޒާހިރު - ލިބުނީ %78 މާކްސް 

  • އަބްދުﷲ އަބްދުލްހަކީމް - ލިބުނީ %76 މާކްސް 

  • އަލީ ރިޒާ އިސްމާއީލް - ލިބުނީ %76 މާކްސް

ފަސްމަންޒަރު - ޖުމްލަ ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އާއި ނައިބު ރައީސް ހިމެނޭ ގޮތަށް ހަތަރު މެމްބަރަކު މިދިޔަ އޮގަސްޓް މަހު ރައީސް މުއިއްޒު ވަކިކުރެއްވީ، މަޖިލީހުން އެ މީހުން ވަކިކުރަން ފާސްކުރުމާ ގުޅިގެންނެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ރައީސް މުހައްމަދު މުނައްވަރު އަލީ

  • ނައިބު ރައީސް ހުސެއިން ޒައިދާން ޖަލީލު

  • އަހްމަދު އަޝްރަފް

  • ހަދީޖާ ނައީމް

  • އިސްމާއީލް ސާޖިދު

ފަސް މެމްބަރުންގެ ތެރޭގައި ހިމެނޭ ސާޖިދު ފިޔަވައި ދެން ތިއްބެވި ހުރިހާ ބޭފުޅުން މަގާމުން ވަކިކުރަން ރައީސް މުއިއްޒަށް ލަފާ ދޭން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު އެވެ.

ވަކިކުރި މެންބަރުންގެ ތެރޭގައި ސާޖިދު ހިމަނާފައި ނުވަނީ، ޓްރައިބިއުނަލްގައި ހުރި މައްސަލަތައް އެ ކޮމިޓީއާ ހިސާބަށް ގެނައީ އޭނާ ކަމަށް ވާތީ ކަމަށް ކޮމިޓީގެ ނިންމުމުގައި ބުނެފައިވެ އެވެ. ދެން ތިބި މެމްބަރުން ވަކިކުރަން ހުށަހެޅި ސަބަބެއް ކަމަށް މަޖިލީހުން ބުނެފައިވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ)ގެ ހަތަރުވަނަ ނަންބަރާ އެ މެމްބަރުން ހިލާފުވެފައިވާތީ ކަމަށެވެ. މެމްބަރުން ވަކިކުރުމާ ގުޅޭ މި މާއްދާގެ ހަތަރު ވަނަ ނަންބަރުގައި ބުނަނީ:

  • ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވުން ނުވަތަ އެކަމަށް ދޭންވާ ސަމާލުކަން ނުދޭކަމަށް ބޯޑަށް ފެނިއްޖެ ނަމަ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ފެނިއްޖެ ނަމަ އެ މީހަކު ވަކިކުރެވޭނެ ކަމަށް

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް