ޕިކަޕުން ކުލަ ފާޓާތަކެއް ވެއްޓިފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ޕިކަޕަކުން ކުލަ ފާާޓާތަކެއް ވެއްޓި، މަގުމަތި 'ކުލަވެއްޖެ'
ލޮރީއެއްގައި އުފުލި ކުލަ ފާޓާތަކެއް މިއަދު މަގުމައްޗަށް ބަންޑުންވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުން ސިނަމާލެ ބްރިޖު ކަންމަތީގަ އެވެ.
ގިނަ އަދަދެއްގެ ކުލަ ފާޓާތަކެއް ބަރުކޮށްގެން ދިޔަ އެ ލޯރީން ބައެއް ކުލަ ފާޓާތައް އެ ސަރަހައްދަށް ވަނީ ބަންޑުންވެފަ އެވެ. ކުލަ ފާޓާތަކުގައި ހުރި ކުލަތައް ވެސް މަގުމައްޗަށް އެޅިފައިވާ ތަން ވީޑިއޯއިން ފެނެ އެވެ.
ބުނީ ކީކޭ؟ - އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، މިކަމާ ގުޅޭ ގޮތުން ފުލުހުން މިއަދު 'ދައުރު'އަށް ބުނީ އެ ހާދިސާ ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގު މޫންލައިޓު ހިނގުން ގުޅޭ ހިސާބުގައި ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި:
-
އެކަމުގެ ރިޕޯޓު ލިބުނީ މިއަދު 12:18 ހާއިރު
-
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައެއް ނުވޭ
-
ކަމާ ގުޅުން ހުރި އިދާރާތަކަށް މި މައުލޫމާތު ވަނީ ހިއްސާކޮށްފައި
ކޮމެންޓް