މީރާ ބިލްޑިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މީރާ

ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް 2 ނަމެއް ފޮނުވައިފި

އެ މަގާމަށް ފޮނުވާފައިވާ ދެ ނަމުގެ ތެރޭގައި މިހާރު އެ މަގާމުގައި ހުންނެވި އަސްމާ ޝަފީއުގެ ނަން ހިމެނޭ
23 އޮކްޓޯބަރު 2024

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މިހާރު އެ މަގާމުގައި ހުންނެވި އަސްމާ ޝަފީއުގެ ނަމާ އެކު އިތުރު ނަމެއް މަޖިލީހަށް ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ މިހާރު ހުންނެވި އަސްމާގެ ދައުރު މި މަހުގެ 31އަށް ހަމަވާތީ އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައިވާ ގޮތުން މީރާ ހިންގާ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭނީ ޓެކްސް ކޮމިޝަނަރާއި ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު ހިމެނޭހެން ހަތް މެންބަރުންނެވެ. ކޮންމެ މެންބަރެއްގެ ވެސް ދައުރަކީ ފަސް އަހަރުގެ މުއްދަތެކެވެ.

ތަފްސީލް - ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް ރައީސް މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ދެ ނަމަކީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކެވެ. އޭގެ ތެރެއިން ރައީސް އިސްކަން ދެއްވި ތަރުތީބަކީ:

  • 1-

    ފާތިމަތު އަމީޒާ، ކޯޒީ ރައުންޑް/ގދ. ގައްދޫ

  • 2-

    އަސްމާ

މި މަގާމަށް މީހުން އައްޔަންކުރަން އެ ބޭފުޅުންނާ އިންޓަވިއުކުރުމުގެ މަސައްކަތް ކުރީ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީންނެވެ. އެ ކޮމެޓީން އާންމުކޮށް އެފަދަ މަގާމުތަކަށް އިންޓަވިއު ކުރަނީ ރައީސް އިސްކަން ދެއްވާފައިވާ ތަރުތީބުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް