13 އޮކްޓޯބަރު 2024: މާފަންނު ޕޮލިސް ސްޓޭޝަން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ފުލުހުން

މަންމައަށް އަނިޔާކޮށް ފޭރުނު މައްސަލައެއްގައި ދަރިއަކު ހައްޔަރުކޮށްފި

ފުލުހުން ބުނީ އަންހެންމީހާއަށް ވަޅިން ހަމަލާދީ މަރާލާނެ ކަމަށް ބުނެ އިންޒާރުދިނުމަށް ފަހު ފޯނު ފޭރިގެންފައިވާ ކަމަށް
3 ގަޑިއިރު ކުރިން

މަންމައަށް އަނިޔާކޮށް ވަޅިން ބިރުދައްކައިގެން ފޭރުނު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ. 

ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނިގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެޕާޓުމަންޓެއް ތެރެއިން އަންހެނަކު ރޯ އަޑު އިވޭ ކަމަށް އިއްޔެ އިރުއޮއްސި 6:17 ހާއިރު ރިޕޯޓުކޮށްފައިވެ އެވެ.

ތަފްސީލް - މި ރިޕޯޓާ ގުޅިގެން ފުލުހުން ގޮސް އެ އެޕާޓުމަންޓުގައި ޓަކި ދިނުމުން އަންހެނަކު ދޮރު ހުޅުވައި، އޭނާއަށް އަނިޔާކޮށް ފޯނު ފޭރިގަނެގެން ދަރިފުޅު ގޮސްފައިވާ ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ:

  • މުހައްމަދު އިސްމާއިލް، 28

އަންހެންމީހާއާ ހަވާލާދީ ފުލުހުން ބުނިގޮތުގައި:

  • އަންހެންމީހާގެ ދަރިފުޅު އޭނާއަށް އަނިޔާކޮށް ވަޅިން ހަމަލާދީ މަރާލާނެ ކަމަށް އިންޒާރުދީފައިވޭ

  • އެއަށް ފަހު އަންހެންމީހާގެ ފޯނު ފޭރިގަނެގެން ގޮސްފައިވޭ

އަންހެންމީހާއަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް