ޝަހީމް ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ޝަހީމަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަން ފަށައިފި

ފުލުހުން ބުނި ގޮތުގައި، އެ މައްސަލަ ސިޓީއަކުން އިއްޔެ ހުށަހަޅާފައިވޭ
22 އޮކްޓޯބަރު 2024

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ވީކިހިނެއް؟ - ފުލުހުން އެކަން ހާމަކުރީ މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގަ އެވެ.

ތަފްސީލް - ފުލުހުން ބުނި ގޮތުގައި، އެ މައްސަލަ ސިޓީއަކުން އިއްޔެ ހުށަހަޅާފައިވެ އެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏަސް، ފުލުހުން އިތުރު ތަފްސީލެއް ނުދެ އެވެ.

އެނގުން މުހިންމު - ފަލަސްތީނުގެ ހައްގުގައި މުޒާހަރާކުރަނީ ކަމަށް ބުނެ، ސަފީރުންނަށް އުނދަގޫކުރި ކަމަށް ތުހުމަތުކޮށް ކުރިން ހައްޔަރު ކުރި ޝާދިޔާ އަހުމަދާއި ޑރ. ޝަޒްރާ އިބްރާހީމަށް ހަރުކަށި ފިޔަވަޅު އަޅަން ބާރު އަޅުއްވައި ޝަހީމް ވައިބާ ގްރޫޕެއްގައި ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއްގެ ސްކްރީންޝޮޓްތަކެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

އެ ކަމުގައި ޝަހީމަށް ފާޑުކިޔައި ޝަޒްރާ ޓްވީޓުތަކެއް ވެސް ކުރެއްވި އެވެ.

ނަމަވެސް، ޝަހީމަށް މަރުގެ އިންޒާރު ކުރިމަތިވީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް