މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި ޝިފާން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފުލުހުން

ޝިފާން ކޮމިޝަނަރު އޮފީހުގެ އެންމެ އިސް މަގާމުން ވަކިކޮށް ސާވިސް ޑިވެލޮޕްމަންޓަށް ބަދަލުކޮށްފި

ހެޑް އޮފް އޮފީސް އޮފް ދަ ކޮމިޝަނާގެ މަގާމަށް ހަމަޖެއްސީ އެސިސްޓެންޓް ކޮމިޝަނަރު މޫސާ އަލީ.
6 ގަޑިއިރު ކުރިން

ޕޮލިސް ކޮމިޝަނަރު އޮފީހުގެ ހެޑުގެ މަގާމުން ވަކިކޮށް، ސާވިސް ޑިވެލޮޕްމަންޓް ޑިރެކްޓަރޭޓްގެ ހެޑުގެ މަގާމަށް، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ބަދަލުކޮށްފި އެވެ.

ވީކިހިނެއް؟ - ފުލުހުންގެ އިދާރާގެ ހިންގުމުގެ އޮނިގަނޑަށް ގެނައި ބަދަލެއް ގޮތަށް މި ބަދަލު ގެނައި ކަން ހާމަކުރީ، ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގަ އެވެ.

ތަފްސީލް - ފުލުހުން ފޮނުވި މެސެޖުގައި ވަނީ:

  • ހެޑް އޮފް ސާވިސް ޑިވެލޮޕްމަންޓް ޑިރެކްޓަރުގެ މަގާމަށް ޝިފާން ހަމަޖައްސާފައިވޭ

  • ހެޑް އޮފް އޮފީސް އޮފް ދަ ކޮމިޝަނާގެ މަގާމަށް ހަމަޖެއްސީ އެސިސްޓެންޓް ކޮމިޝަނަރު މޫސާ އަލީ

އެނގުން މުހިންމު - ޕޮލިސް ކޮމިޝަނަރު އޮފީހުގެ އިސްވެރިއަކަށް ޝިފާން ހަމަޖެއްސެވީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ. އަދި ފުލުހުންގެ ތަރުޖަމާނުގެ ގޮތުގައި ވެސް ހަމަޖެއްސެވި އެވެ. އެއީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ގެނައި ބަދަލެކެވެ.

އޭގެ ކުރިން އޭނާ ހުންނެވީ އައްޑޫ ޕޮލިސް އެކަޑެމީގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް ފުލުހުންގެ ތަރުޖަމާނެއް ގޮތުގައި ހުންނެވީ ޝިފާނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް