ޕޮލިސް ސްޓޭޝަން.: ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލައެއް ބަލަނީ - (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ކުށްކުރުން

އުމުރާ ނުގުޅޭ ވާހަކަތަކެއް ދައްކައިގެން ޓީޗަރަކު ދަރިވަރުން ގްރޫމްކުރި މައްސަލައެއް ބަލަނީ

މި މައްސަލަ ފުލުހަށް ރިޕޯޓުކުރީ މިދިޔަ ބުރާސްފަތި ދުވަހު؛ އަދި މީހަކު ހައްޔަރުކޮށްފައެއް ނުވޭ
21 އޮކްޓޯބަރު 2024

އުމުރާ ނުގުޅޭ ވާހަކަތަކެއް ދައްކައިގެން ޓީޗަރަކު ދަރިވަރުން ގްރޫމްކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ވީކިހިނެއް؟ - ފުލުހުން މި މައްސަލަ ބަލާކަން އާންމުކުރީ މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގަ އެވެ.

ތަފްސީލް - ފުލުހުން ފޮނުވި މެސެޖުގައިވާ ގޮތުން:

  • މި ކަން ހިނގީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި

  • އެ ސަރަހައްދުގައި ހިމެނެނީ މ. އަތޮޅު، ފ. އަތޮޅު، ދ. އަތޮޅު، ތ. އަތޮޅު އަދި ލ. އަތޮޅުގެ ރަށްތައް

  • މި މައްސަލަ ފުލުހަށް ރިޕޯޓުކުރީ މިދިޔަ ބުރާސްފަތި ދުވަހު

މި މައްސަލާގައި އަދި ޓީޗަރު ހައްޔަރުކޮށްފައެއް ނުވެ އެވެ. 

އެނގުން މުހިންމު - ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ކުދިންގެ ވަނަވަރު ސިއްރުކުރަން ގާނޫނުގައި އަންގާފައިވާތީ، މިފަދަ މައްސަލަތައް ހިނގާ ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް