ގދ. ނަޑެއްލާ. (ފޮޓޯ/ ގޫގުލް މެޕްސް)

ލައިސަންސް ނެތި ދުއްވި ސައިކަލެއް އެކްސިޑެންޓުވެ 3 މީހަކަށް އަނިޔާ ވެއްޖެ

ސައިކަލު ކޮންޓްރޯލު ނުކުރެވި ގޮސް ޖެހިފައިވަނީ ޕިކަޕެއް ކައިރި ހުރި މީހެއްގެ ގައިގައި؛ އެ މީހާގެ އިތުރުން ސައިކަލުގައި ތިބި ދެ މީހުންނަށް ވެސް އަނިޔާވި
20 އޮކްޓޯބަރު 2024

ގދ. ނަޑެއްލާގައި ލައިސަންސް ނެތި ދުއްވި ސައިކަލެެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް މަގުމަތީގައި ހުރި މީހެއްގެ ގައިގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާ ވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވާ ގޮތުން، ރޭ ދަންވަރު 12 ހާއިރު ރިޕޯޓުކޮށްފައިވާ އެ އެކްސިޑެންޓު ހިނގާފައިވަނީ:

  • ނަޑެއްލާ ޖެޓީ މަގުން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް، މަޑުކޮށްފައި އޮތް ރަށު ޕިކަޕެއް ކައިރީ ހުރި މީހެއްގެ ގައިގައި ޖެހިގެން

  • އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލުގައި ތިބި 18 އަހަރުގެ ދެ މީހުންނަށާއި ޕިކަޕު ކައިރީގައި ހުރި 47 އަހަރުގެ މީހާއަށް

އެ ތިން މީހުންނަށް ލިބުނު އަނިޔާތަކަށް ފަރުވާ ދޭން ތިނަދޫގެ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، ސައިކަލު ދުއްވި މީހާ އާއި ޕިކަޕު ކައިރީގައި ހުރި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސް، މިހާރު ފަރުވާ ދެމުންދަނީ އޭޑީކޭގަ އެވެ.

މި ހާދިސާގައި ސައިކަލު ދުއްވާފައިވަނީ ލައިސަންސް ނެތް މީހެއް ކަމަށާއި މި މައްސަަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް