ތ. ވޭމަންޑޫ
ވޭމަންޑޫގެ ކުޑަކުދިން ބަލަހައްޓާ ސެންޓަރު ކައިރީ މުޒާހަރާކުރަނީ
ތ. ވޭމަންޑޫ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު (އެފްސީއެސްސީ)ގައި ސޯޝަލް މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންދާ ކުއްޖަކާ މެދު ނުރުހިގެން އެ ރަށުގެ އާންމުން ނުކުމެ ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.
ތަފްސީލް - ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވާގޮތުން ވޭމަންޑޫގައި ހުންނަ އެފްސީއެސްސީ ކުރިމަތީގައި ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާތީ އެ ސަރަހައްދުގައި ފުލުހުންދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ނުދެ އެވެ.
ވޭމަންޑޫއިން މިރޭ 'ދައުރު'އާ ވާހަކަދެއްކި މީހަކު ބުނިގޮތުގައި އާއްމުން އެ ސަރަހައްދަށް މިރޭ އެއްވެފައިވަނީ އެ މަރުކަޒަށް ގެނެސްފައިވާ 17 އަހަރުގެ ކުއްޖަކު ބައެއް މުވައްޒަފުންނާ މެދު އަމަލުކުރާ ގޮތުން ހިތްހަމަނުޖެހިންނެވެ.
"އެ ކުއްޖާގެ އަމަލުތައް އެގޮތަށް ހުންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ،" އެ ސަރަހައްދުގައި ހުރެ ވާހަކަ ދެއްކި އެ މީހާ ބުންޏެވެ.
މިނިސްޓްރީގެ ބަސް - ސޯޝަލް މިނިސްޓްރީން ބުނީ ވޭމަންޑޫ އެފްސީއެސްސީ ކައިރީގައި މުޒާހަރާކޮށް، ކުއްޖާ ރަށުން ބާލަން އާއްމުން ގޮވާލަމުންދާ މައްސަލަ އެތަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން އެ މިނިސްޓްރީން ހަރަކާތްތެރިވާނެ ކަމަށެވެ.
ކޮމެންޓް (1)
އެއި