އަޒީމާ (ކ): ރާއްޖޭން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމަށް އަޒީމާގެ ނަން ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައި. (ފޮޓޯ / ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

އިންޑިއާގެ ސަފީރަކަށް ކުރީގެ ޗައިނާ ސަފީރު އަޒީމާގެ ނަން ފޮނުވައިފި

މިހާރު ރާއްޖޭން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރަކީ އިބްރާހީމް ޝަހީބް؛ އޭނާގެ ދައުރު ވަނީ ހަމަވާން ކައިރިވެފައި
14 އޮކްޓޯބަރު 2024

ރާއްޖޭން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް އައިޝަތު އަޒީމާގެ ނަން މަޖިލީހަށް ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު މިއަދު ވަނީ ފަށާފަ އެވެ.

އެނގުން މުހިންމު - ރާއްޖޭން އިންޑިއާއަށް މިހާރު ކަނޑައަޅާފައި ހުންނަ ސަފީރަކީ އިބްރާހިމް ޝިހާބެވެ. އޭނާގެ ދައުރު ވަނީ ހަމަވާން ކައިރިވެފަ އެވެ.

ތަފްސީލް - އިންޑިއާގައި ހުންނަވާ ސަފީރުގެ މަގާމަށް އަޒީމާގެ ނަން ފޮނުވީ ރައީސް މުހައްމަދު މުއިއްޒު އެވެ. އަޒީމާގެ ނަން މިހާރުވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަަށް ފޮނުވާފަ އެވެ.

އަޒީމާ: ރާއްޖޭން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމަށް އަޒީމާގެ ނަން ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައި. (ފޮޓޯ / ރައީސް އޮފީސް)

އަޒީމާ މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީގެ މަގާމްގަ އެވެ.

އަޒީމާވަނީ 2019 އިން 2023އަށް ޗައިނާގައި ހުންނަ ރާއްޖޭގެ ސަފީރުގެ މަގާމް ވެސް ފުރުއްވާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް