ޔާމީނުގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ނާއިފު ޝައުކަތު: އޭނާއަށް ދައުވާކުރަން އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވާފައި. (ފޮޓޯ/ ތޭރަ އޮންލައިން)
ބިމެއް ވިއްކި މައްސަލައެއްގައި ހައުސިންގެ ކުރީގެ ޑެޕިއުޓީ ނާއިފާއި އިތުރު މީހަކަށް ދައުވާކޮށްދޭން އެދިއްޖެ
މާލޭގެ ބިމެއް ވިއްކި މައްސަލައެއްގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ހައުސިންގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ނާއިފު ޝައުކަތާއި އިތުރު މީހަކަށް ދައުވާކޮށްދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެދިއްޖެ އެވެ.
ވީކިހިނެއް؟ - އޭސީސީން ޕީޖީ އޮފީހުގައި ދައުވާކުރަން އެދިފައިވާކަން ހާމަކުރީ މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ. އެ ބަޔާނުގައި އޭސީސީން ފާހަގަކޮށްފައިވާ ގޮތުގައި ދައުވާކުރަން އެދި ފޮނުވީ މިދިޔަ މަހުގެ 30ގަ އެވެ.
އޭސީސީން ބުނި ގޮތުގައި، ދައުވާކުރަން އެދިފައިވަނީ:
-
ހައުސިންގެ ކުރީގެ ނައިބު ނާއިފު ޝަކުއަތު، ހ. އޮގަސްޓާ
-
ހައުސިންގެ ކުރީގެ ކޯޑިނޭޓަރު ހަސަން ވަހީދު، ދަފްތަރު 12537
-
ކުރަން އެދޭ ދައުވާއަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ
އެ މައްސަލައަކީ 2018 ވަނަ އަހަރު ހައުސިން މިނިސްޓްރީން ވިއްކި ބިމެއްގެ މައްސަލަ އެކެވެ.
އޭސީސީން މިއަދު ބުނީ:
-
މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބުނު ބިމެއް ގަންނަން، ބިމާ ޖެހިގެން އޮތް ބިމުގެ ވެރި ފަރާތުން އެދުނު
-
އެގޮތަށް އެދިފައިވަނިކޮށް އުސޫލު އިސްލާހުކުރަމުންދާ ކަމަށް އަންގައި ވިއްކުމުގެ މަރުހަލާ މަޑުޖައްސާލައި ބިމާ މާ ދުރުގައި އޮތް ބިމެއްގެ ވެރިފަރާތަކަށް ވިއްކި
-
އެ ކަން ކުރީ ބިން ގަންނަން އެދުނު އިރު އޮތް 'ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް ލިބިފައިވާ ބިންތައް ވިއްކުމުގެ އުސޫލު'އާ ހިލާފަށް
-
ބިން ގަތުމަށް ހުށަހެޅި ދެ ފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ނެތްކަން އޭސީސީގެ ތަހުގީގުން ފާހަގަވި؛ އެއީ އުސޫލުގައި ލާޒިމުކޮށްފައިވާ ކަމެއް
ފާހަގަކޮށްލެވޭ - ނާއިފު ޝައުކަތަކީ، ކުރީގެ ރައީސް ޔާމީން މިހާރު އުފައްދަވައިގެން ހިންގަވާ ސިޔާސީ ޕާޓީ، ޕީއެންއެފްގެ ފާހަގަކޮށްލެވޭ ސިޔާސީ ހަރަކާތްތެރިއެކެވެ. މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ޔާމީންގެ ތާއީދާ އެކު ވާދަކުރެއްވި އެވެ.
ކޮމެންޓް (3)
އުސްތާޒަ
ނަންނި
ހުދުހުދު