ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީ ކުރާ 'އަމާން އުދަރެސް' ފްލެޓުތަކުގެ މަސައްކަތް އޮގަސްޓް 2023އާ ހަމައަށް ކޮށްފައިވާ މިންވަރު. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ފްލެޓު ލިސްޓު މި މަހު އާންމުކުރަން ހައުސިން މިނިސްޓްރީން މަސައްކަތް ކުރަނީ

ދާއިމީ ލިސްޓު ރިވިއުކުރާނީ ކުރީ ސަރުކާރުން ކަނޑައެޅި އުސޫލުތަކާއި ޝަރުތުތަކަށް ބަލައިގެން ކަމަށާއި ލިސްޓު މި މަހު އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ހައިދަރު މީގެ ކުރިން ވަނީ ވިދާޅުވެފައި
13 އޮކްޓޯބަރު 2024
1

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް މިދިޔަ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ ސްކީމް'އިން ފްލެޓު ލިބޭ މީހުންގެ ލިސްޓުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފަހު މި މަސް ނިމުމުގެ ކުރިން އިއުލާންކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ދައުރުގެ ފަހުކޮޅުގައި ވަނީ ގެޒެޓުކޮށްފަ އެވެ.

ދައުރު ހަމަވީ ފްލެޓު ލިބުނު ބައެއް މީހުންނާ އެކު ފްލެޓު ކަނޑައަޅާ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.

ނަމަވެސް ދާއިމީ ލިސްޓަށް ގިނަ އަދަދެއްގެ މީހުން ޝަކުވާ ހުށަހެޅުމާ އެކު އޭސީސީއިން ތަހުގީގެއް ފަށައި އެ ތަހުގީގުގައި ބެލި ފޯމުތަކުގެ %59.6 ފޯމަކީ ޝަރުތު ހަމަނުވާ ފޯމުތަކެއް ކަމަށް ވަނީ ބުނެފަ އެވެ.

ބުނީ ކީކޭ؟ - "ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ހިނގާ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ލިސްޓު އިއުލާންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން،" ހައުސިން މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައިވެ އެވެ.

ތަފްސީލު - މި ސަރުކާރުން ނިންމާފައިވަނީ ކުރީގެ ސަރުކާރުން ގެޒެޓުކުރި ދާއިމީ ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް، އަލުން ރިވިއުކުރުމަށެވެ.

ލިސްޓު ރިވިއުކުރުމަށް ފަހު މި މަހު އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވެސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ރިވިއުކުރުމުގެ މަސައްކަތް ކުރާނީ، މިިނިސްޓަރު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ވީހާ ވެސް ބޮޑަށް ކުރީ ސަރުކާރުން އެކުލަވާލާފައިވާ އުސޫލުތަކާއި ޝަރުތުތަކަށް ބަލައިގެންނެވެ.

ކޮމެންޓް (1)

profile-image-placeholder

ހަލާކުވެއްޖެ

13 އޮކްޓޯބަރު 2024
މިމަހުވެސް ތިޔެއް ނުނެރޭނެ. ތީ މުއީޒް ގެ އިންޑިޔާ ވާހަކަ ހިންދަން ރައްޔިތުންގެ ލޮލުގަ އަޅުވާ އަދުނެއް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް