ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ ފުރަމާނަ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގަތުން. (ފޮޓޯ/ރައީސް އޮފީސް)

ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި

އިންޑިއާގެ ރައީސް ދުރޫޕަދީ މުމުރޫގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅު؛ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމުގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވާނެ
6 އޮކްޓޯބަރު 2024

ރައީސް މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފުރަމާނަ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.

ތަފްސީލު - މިއީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

"މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ލިޔުމެއްގައި ބުނެފައިވެ އެވެ.

އެނގުން މުހިންމު - ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ އިންޑިއާއަށް ކުރައްވާ ދެ ވަނަ ދަތުރުފުޅެވެ. ނަމަވެސް، މި ދަތުރުފުޅު ވާނީ އެ މަނިކުފާނު އެ ގައުމަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅަށެވެ.

އެ މަނިކުފާނު އެންމެ ފުރަތަމަ އެ ގައުމަށް ވަޑައިގެންނެވީ މިދިޔަ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ފަހަރަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އޭގެ ފަހުން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިދިޔަ އޮގަސްޓު މަހު ރާއްޖެ ވަޑައިގެންފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް