އަބްދުލްމަޖީދު މާހިރު
ދިވެހި ތާރީހާއި ބޭސްވެރިކަމުގެ ހިދުމަތްތެރިޔާ އަބްދުލްމަޖީދު މާހިރު އަވަހާރަވެއްޖެ
ދިވެހި ބޭސްވެރިކަމަށާއި ތާރީހީ ރޮގުން ގައުމަށް ގިނަ ހިދުމަތްތަކެއްކޮށްދެއްވި ސަހުސިއްޔަތެއް ކަމަށްވާ އަބްދުލްމަޖީދު މާހިރު އަވަހާރަވެއްޖެ އެވެ.
ތަފްސީލް - އުމުރުން 96 އަހަރުގައި އޭނާ އަވަހާރަވީ މިއަދުގެ ވަގުތެއްގަ އެވެ.
ވެލާނާގޭ މުހައްމަދު ދީދީގެ އަބްދުލްމަޖީދު މާހިރަކީ ދިވެހި ބޭސްވެރި ހަކީމެއްގެ އިތުރުން ދިވެހި ތާރީހާއި އާދަކާދައިގެ އެތައް މައުލޫމާތެއް އޮޅުންފިލުއްވައިދެއްވި އެދުރެކެވެ. އޭނާ ފުރުއްވި ދައުލަތުގެ މަގާމުތަކަކީ:
-
މާލީ ވުޒާރާގެ ނައިބު ވަޒީރުކަން
-
މާލޭ މުނިސިޕަލްޓީގެ ރައީސްކަން
-
ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ވެރިޔާކަން
އަބްދުލްމަޖީދު މާހިރު ފާހަގަވެފައި ވަނީ ދިވެހި އިސް ރަށްވެހީންގެ ތެރެއިން ވަރަށް ގަދަރުވެރި، ހިދުމަތްތެރި އަދި ތަޖުރިބާކާރު ހަރުދަނާ ޝަހުސިއްޔަތެއްގެ ގޮތުގަ އެވެ.
ފާހަގަކޮށްލެވޭ - އަބްދުލްމަޖީދު މާހިރަކީ ރައީސް މުހައްމަދު އަމީންގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީންގެ ދެވަނަ ފިރިކަލުންނެވެ. އެ ކައިވެންޏަށް ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނެެނީ:
-
ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް
-
އިނގިރޭސިވިލާތަށް ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ހައި ކޮމިޝަނަރު ޑރ. ފަރަހަނާޒް ފައިސަލް
އޭނާ އަވަހަރާވުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު މިއަދު ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
"މަރްހޫމު މާހިރަކީ ގައުމަށް ހިދުމަތްތެރި އިލްމީ ގާބިލް ދަރީންތަކެއް ތަރުބިއްޔަތުކުރެއްވި އަގުހުރި ބައްޕައެކެވެ. މަރުހޫމް އަބްދުލްމަޖީދު މާހިރުގެ އާއިލާއަށް ކެތްތެރިކަން މާތްﷲ މިންވަރުކުރައްވާށި އެވެ. އަދި ސުވަރުގޭގެ މަތިވެރި ނިއުމަތާއި ރަހުމަތުގައި މަރުހޫމް ލަހައްޓަވާށިއެވެ،" ރައީސްގެ ތައުޒިޔާގެ މެސެޖުގައިވެ އެވެ.
ކޮމެންޓް (1)
ޢަލާ