ކަރެކްޝަންސްއިން ބަލަހައްޓަމުން އަންނަ މާފުށީ ޖަލު (ފައިލް ފޮޓޯ/ ޕީއެސްއެމް)

މާފުށި ޖަލު

ޖަލުގައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި

އޭނާ ހައްޔަރުކޮށްފައި ވަނީ ކުޑަކުއްޖަކަށް ޖިންސީ ހާނިއްކައެއް ކުރި ކަމުގެ ތުހުމަތުގައި
3 އޮކްޓޯބަރު 2024

މިދިޔަ މަހުގެ 24 ވަނަ ދުވަހު ކ. މާފުށީ ޖަލުގައި ދަންޖެހިގެން މަރުވި މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު މާލެ ގެނެސް އާއިލާއާ އިއްޔެ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ކުޑަކުއްޖަކަށް ޖިންސީ ހާނިއްކައެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި އުމުރުން 62 އަހަރުގެ އެ މީހާ ދަންޖެހުނީ އެ ދުވަހުގެ ހެނދުނު އެވެ.

އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ބުނީ ކީކޭ؟ - ކަރެކްޝަންސްގެ ވެބްސައިޓުގައި ކުރިން ބުނެފައިވާ ގޮތުގައި:

  • މަރުވެފައި އޮއްވާ ފެނުނީ އަބްދުލް ގަނީ އިސްމާއީލް

  • ދަންޖެހިފައި ހުއްޓާ ފެނުނީ، މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 6:52ގައި؛ އެއާ އެކު، ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވޭ

  • ޑޮކްޓަރު ވަނީ ހެނދުނު 7:21ގައި އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައި 

"... މި ސާވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފަ އެވެ. އަދި މިކަން އެމްސީއެސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑް އިން ވަނީ ތަހުގީގުކުރަން ފަށާފަ އެވެ،" ކަރެކްޝަންސްއިން އޭރު ބުނެފައިވެ އެވެ.

ހަގަކޮށްލެވޭ ކަމެއް - މިދިޔަ މަހުގެ 1 ވަނަ ދުވަހު ލޯބިވެރިޔާ ރަހީނުކޮށް، އަނިޔާކުރި މައްސަލައިގައި ކ. ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުރި އާދަމް އަތުހަރު ވެސް ވަނީ ދަންޖެހިގެން މަރުވެފަަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް