ފުވައްމުލަކު މަގުތަކުގައި ސްމާޓް މަގުބައްތި ހަރުކުުރުމުގެ ޕްރޮޖެކްޓް މިހާރުވަނީ ފަށާފައި. ދެ އަހަރު ތެރޭ މުޅި ރަށުގައި އެއްކޮށް ސްމާޓް މަގުބައްތި ހަރުކޮށް ނިންމަން ވަނީ ނިންމާފަ. (ފޮޓޯ/ ފުވައްމުލައް ސިޓީ ކައުންސިލް)

ފުވައްމުލައް

ދެ އަހަރުތެރޭ ފުވައްމުލަކުގައި ސްމާޓް މަގުބައްތި ހަރުކޮށް ކަރަންޓް ހަރަދުކުޑަކުރަނީ

2 މަގުބައްތި އާ އެކު ޕްރޮޖެކްޓް ފެށީ މިދިޔަ މަހު. ޖެނުއަރީ މަހު އިތުރު 300 ބައްތި ހަރުކުރަން ވަނީ ނިންމާފައި
3 އޮކްޓޯބަރު 2024

ދެ އަހަރުގެ ތެރޭގައި ޏ. ފުވައްމުލަކުގެ ހުރިހާ މަގެއްގައި ސްމާޓްލައިޓް ހަރުކޮށް ބޭނުންކުރަން ފަށަން ޕައިލެޓް ޕްރޮޖެކްޓެއް ފަށައިފި އެވެ.

ވީ ކިހިނެއް؟ - ފުވައްމުލަކު ކައުންސިލުން އިސްނަގައިގެން ފެށި އެ ޕްރޮޖެކްޓްގެ ދަށުން މިދިޔަ ސެޕްޓެމްބަރުގައި ވަނީ ސްމާޓް ދެ މަގުބައްތި ހަރުކޮށް ބޭނުންކުރަން ފަށާފަ އެވެ.

ތަފްސީލް - އެ ޕްރޮޖެކްޓާ ބެހޭގޮތުން ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އިސްމާއިލް ރަފީގް މިއަދު "ދައުރު"އަށް ވިދާޅުވީ މިއީ ފުވައްމުލައް ސްމާޓް ސިޓީއަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ. އަދި ކަރަންޓު ހަރަދު ކުޑަ ކުރުމާއި ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށް ކާބަން ނިއުޓްރަލް ސިޓީއަކަށް ފުވައްމުލައް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަަމަށް އޭނާ ވިދާޅުވި އެވެ. 

އިތުރު ތަފްސީލް ދެއްވަމުން އޭނާ ވިދާޅުވީ:

  • ޖެނުއަރީ މަހު އިތުރު 300 ސްމާޓް މަގުބައްތި މަގުތަކުގައި ހަރުކުރާނެ

  • އެކަމަށް ހަރަދުކުރާނީ ކައުންސިލް ބަޖެޓުން

  • ރަށުގެ ހުރިހާ މަގުތަކުގައި އެފަދަ ބައްތި ހަރުކޮށް ނިންމަން 2 އަހަރެއްހާ ދުވަސް ނަގާނެ

  • އިތުރު ބައްތި ހަރުކުރަން ބޭނުންވާ ބަޖެޓް ހޯދަން އަންނަ އަހަރު ކައުންސިލުން މަސައްކަތް ކުރާނެ

  • މި ޕްރޮޖެކްޓާއެކު ކަރަންޓަށް ކުރާ ހަރަދުން އަހަރަކު 2 މިލިއަނެއްހާ ރުފިޔާ ސަލާމަތްކުރެވޭނެ

  • އެ ޕްރޮޖެކްޓާއެކު މަގުބައްތިއަށް ހޭދަވާ ކަރަންޓުގެ 30 ޕަސަންޓު ކުޑަވެގެންދާނެ

ސްމާޓް މަގުބައްތިއާ އެކު ހަކަތަ ބޭނުންކުރާ މިންވަރު މަދުވާނެ ކަމަށާއި މަގުބައްތީގެ މަރާމާތަށް ކުރަންޖެހޭ ހަރަދު ކުޑަވެގެންދާނެ ކަމަށް ވެސް އިސްމާއިލް ރަފީގް ވިދާޅުވި އެވެ. އޭގެ އިތުރުން:

  • ސްމާޓް ނެޓްވޯކް ސިސްޓަމަކުން ބައްތިތައް ހުންނާނީ ސެންޓްރަލް ސިސްޓަމާ ގުޅިފަ

  • އެ ސިސްޓަމުން ބައްތިތަކުގައި މައްސަލައެއް އުޅޭނަމަ އެކަން ދެނެގަނެވޭނެ

  • ސިސްޓަމުން ބައްތިތަކުގެ އަލި ހުންނަ މިންވަރު ކޮންޓްރޯލް ކުރެވޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް