ރައީސް މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ (ފޮޓޯ/ރައީސް އޮފީސް)

ސީޕްލޭން ހިދުމަތް ދޭން އެމްއޭސީއެލްއާ އެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަނީ

އައިލެންޑް އޭވިއޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް އެމްއޭސީއެލްއާއެކު ހަދާ ކުންފުނީގެ ކަންކަން އަންނަ އަަހަރުގެ 30 އެޕްރީލަށް ނިންމުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައި

ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ތަފްސީލް - ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާކުރެއްވުމަށް ފަހު ވަޒީރުންގެ މަޖިލީހުގެ ލަަފަޔާ އެއްގޮތަށެވެ.

ރައީސް އޮފީހުން ބުނީ މި ޖޮއިންޓް ވެންޗާގެ މަގުސަދަކީ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ހިންގަމުން ގެންދާ 'މޯލްޑިވްސް ސީޕްލޭން'ގެ ވިޔަފާރި ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން ކަމަށެވެ. ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދެވުމަށް ރައީސް ނިންމެވީ، އެ އޮފީހުން ބުނިގޮތުގައި، އެމްއޭސީއެލްއާ އެކު ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމްކޮށް، މި ޕާޓްނާޝިޕްގެ ދަށުން ސީޕްލޭން ހިދުމަތް ދިނުމަށެވެ.

ރައީސް އޮފީހުން ބުނިގޮތުގައި:

  • އެމްއޭސީއެލްއާ އެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ރައީސް ނިންމަވާފައިވަނީ އައިލެންޑް އޭވިއޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް

  • ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމުގެ ކަންކަން 30 އެޕްރީލް 2025 އަށް ނިންމުމަށް ވަނީ ކަނޑައަޅާފައި

  • ނިންމަންޖެހޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށްގެންދާނެ

ގުޅުންހުރި - ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމަށް ކުރިއަށް ގެންދާނެ ކަންތައްތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ. 

އެގޮތުން ނިންމި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • ރާއްޖޭގައި މެރިކަލްޗާގެ ވިޔަފާރިތައް ގާއިމުކުރުމަށްޓަކައި، ހެޗަރީތައް ބިނާކުރުމާއި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާހައުލުގައި ބޮޑުކުރުމަށް، ފޮރިން އިންވެސްޓްމަންޓްތައް ހިމެނޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން، ވަކި ޒޯނުތަކެއް މެރިކަލްޗާ ތަރައްގީކުރާ ޒޯންތަކެއްގެ ގޮތުގައި ކަނޑައެޅުން 

  • މާލެއަތޮޅު ދެކުނުން، ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް 7 ކިލޯމީޓަރު ދެކުނުން އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަހައްދަކީ ކޮމާޝަލް ސްކޭލެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ހާއްސަކުރާ މޫދުކޮށީގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުން

ކޮމެންޓް (1)

profile-image-placeholder

ސިކުނޑި

2 އޮކްޓޯބަރު 2024
އުޑުގައި ކުރަހާ ސަރުކާރެއް މިނޫނީނެތް! ހުރިހާ ކަމެއްވެސް ކުރަނީ ކަރުދާހުގައި ކަންދައްކަން! އޭގެ އާޚިރު ނަތީޖާއަށް ފޯކަސްކޮށްގެން ހަމައެއްކަމެއްވެސް ނުކުރޭ! އެހެނަސް، މިއީއަކީ ހައިރާންވާންވީ ކަމެއްވެސްނޫން! ދިވެހީން ދެކެފީމު، ރަސްފަންނުގައި ހެދި ދުވާ ޓްރެކާއި، މާލޭގައި ހެދި ޕާކުތަކާއި، އަމީނީ މަގުގައި އިންދި ރުއްތަކާއި، ސްމާޓް ލައިޓްތައް! މިކަންކަމުން ދެމެހެއްޓެނިވި ފައިދާއެއް ނުވޭ! މިހާރުވެސް ވަޒީރުންގެ މަޖިލީހުން ނިންމާ ކަންކަމުގައި ނިކުންނާނެ އިގުތިސާދީ އަދި އިޖުތިމާޢީ ފައިދާއެއް ބުނެނެދެވޭ! ކޮންމެ ކަމެއްވެސްކުރަން ކުރަން! ފަހުން ރަނގަޅުވާނެ ކަމަށް ބަލައިގެން! އެހެން ކުރަން ބުނި ކިތައް ކިތައް ކަންތައްތޯ ހަނދާން ނައްތާލާފައިއެވަނީ! ކޮބައިތޯ ޑްރޯންގައި އުފުލާ ބޭސްތައް؟ ކޮބައިތޯ ރޭގަނޑު ދަތުރުކުރި ސީޕްލޭންތައް؟ ނުގަވައިދުން އުޅޭކަމަށްބުނެ ބޭރުކުރާ ކޮންމެ ބިދޭސީއަކަށް ދެމީހުން ނުގަވާއިދުން އެބަ އެތެރެވޭ!!

އިތުރު އާޓިކަލް

އިތުރު އާޓިކަލް