ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ: އެ ތަނުގައި މަސައްކަތްކުރާ މީހަކު މިއަދު ފަތިހު ވަނީ މަރުވެފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ވިލިމާލެ ބްރިޖު

ތިލަމާލެ ބުރިޖް ހަދާ ކުންފުނީގެ މުވައްޒަފަކު މަރުވެއްޖެ

ޒަހަމްތަކަކާ އެކު އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފަތިހު؛ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި
1 އޮކްޓޯބަރު 2024

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލަން އަޅާ 'ތިލަމާލެ' ބްރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސްގެ މުވައްޒަފަކު މިއަދު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޒަހަމްތަކާ އެކު އޮތް މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓް މިއަދު ފަތިހު ލިބިފައިވާ ކަމަށެވެ.

ތަފްސީލް - އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ބުނި ކަމަށް ފުލުހުން ބުންޏެވެ.

އެއީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ މުވައްޒަފެއްކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލު ހާމަނުކޮށް ފުލުހުން ބުނީ އެ މައްސަލަ ތަހުގީގްކުރަމުން އަންނަ ކަމަށެވެ.

އެނގުން މުހިންމު - ތިލަމާލެ ބްރިޖުގައި މަސައްކަތްކުރަމުންދިޔަ މީހަކު މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް ވަނީ މަރުވެފަ އެވެ.

ފާހަގަކޮށްލެވޭ - އިއްޔެ ހަވީރު މާލެ އުސްފަސްގަނޑާ ދިމާލުން ކަނޑުން ވެސް މަރުވެފައި އޮތް މީހަކު ވަނީ ފެނިފަ އެވެ. މަރުވެފައި އޮއްވާ ފެނުނީ ރާއްޖޭގެ އިސްލާހީ ހަރަކާތުގެ ފޮޓޯތައް ނަގައި އާންމުންނަށް ގެނެސްދިނުމުގައި ހަރަކާތްތެރިވި ފޮޓޯގްރާފަރެއް ކަމަށްވާ އިބްރާހިމް ޖައުހަރީ (ޖޯރޭ)، 62، ހ. ވެލަސްފަރުގެ އެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި، އޭނާގެ ނިތްކުރީގައި ޒަހަމްތަކެއް ހުއްޓެވެ. އެ ސަރަހައްދުގައި ތިބި މީހުން ބުނި ގޮތުގައި، ޖައުހަރީ އާންމުކޮށް މަސް ބާނަން އެ ސަރަހައްދަށް ގޮސްއުޅެ އެވެ. މަސް ބާނަން ބޭނުންކުރާ ނަނާއި އެން ފަދަ ތަކެތި ވަނީ އެ ސަރަހައްދުގެ ގޮނޑުދޮށުން ފެނިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް