ސަލްމާން މިސްކިތުގެ އިމާމު ޖަލީލު ފިހާރަ ކުރިމަތީގައި ފުލުހުންނާ ވާހަކަ ދައްކަނީ: އޭނާއަށް ތުހުމަތުކުރާ ފޯޖަރީގެ މައްސަލައެއް ފުލުހުން ދަނީ ބަލަމުން - (ފޮޓޯ/ސޯޝަލް މީޑިއާ)

މަކަރާއި ހީލަތް

ސަލްމާން މިސްކިތުގެ އިމާމު ޖަލީލުގެ މައްޗަށް ތުހުމަތުވާ ފޯޖަރީގެ މައްސަލައެއް ބަލަނީ

ހާޝިމްގެ ވިޔަފާރިތައް ޖަލީލުގެ މައްޗަށް ބަދަލުކޮށްފައިވަނީ ލިޔުންތައް ފޯޖުކޮށްގެން ކަމަށް ހާޝިމްގެ އާއިލާއިން ތުހުމަތުކުރޭ
29 ސެޕްޓެމްބަރު 2024

ސަލްމާން މިސްކިތުގެ އިމާމު އަދި އިސްލާމިކް މިނިސްޓަރުގެ ނައިބު އަބްދުލް ޖަލީލު އިސްމާއީލްގެ މައްޗަށް ތުހުމަތުވާ ފޯޖަރީގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ވީކިިހިނެއް؟ - 2 ޖެނުއަރީ 2022ގައި މާފަންނު ގެއެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު ހާޝިމް މުހައްމަދު، 44، ޑީންސްވިލާގެ/ހއ. ހޯރަފުށީގެ ވިޔަފާރިތައް ޖަލީލުގެ މައްޗަށް ބަދަލުކޮށްގެން ހިނގި ޒުވާބެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.

ބުނީ ކީކޭ؟ - ފުލުހުން މިއަދު ބުނި ގޮތުގައި، އެ ހަމަނުޖެހުމާ ގުޅޭ، ފޯޖަރީގެ މައްސަލައެއް މި މަހުގެ 19ގައި ފުލުހަށް ރިޕޯޓްކޮށްފައިވެ އެވެ. އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި، ފޯޖަރީގެ ތުހުމަތު ޖަލީލުގެ މައްޗަށް ކުރަނީ ހާޝިމްގެ އާއިލާއިންނެވެ. ހާޝިމްގެ ވިޔަފާރިތައް އޭނާގެ މައްޗަށް ބަދަލުކޮށްފައިވަނީ ލިޔުންތައް ފޯޖުކޮށްގެން ކަމަށް ހާޝިމްގެ އާއިލާއިން ތުހުމަތުކުރެ އެވެ.

ފުލުހުން އިތުރަށް ބުނީ:

  • ފިހާރައިގެ ތެރޭގައި ދެ ފަރާތުގެ ދެމެދު ހިނގި ހިތްހަމަނުޖެހުމުގެ މައްސަަ މި މަހުގެ 23ގައި ރިޕޯޓްކޮށްފައިވޭ؛ އެ މައްސަލަ ވެސް ފުލުހުން ބަލަމުން އެބަދޭ

  • މުދަލާއި ގޯތި ގެދޮރުގެ މައްސަލަ ސިވިލް ކޯޓު މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ދެ ފަރާތަށް ވެސް ފުލުހުން އިރުޝާދު ދީފައިވޭ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް