10 ޖަނަވަރީ 2024: މަޖީދީ މަގާއި އަމީނީ މަގުގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ(ދައުރު ފޮޓޯ/މުޙައްމަދު އަމާން)
މާފަންނު ގެއެއްގެ ތެރެއިން ދިވެއްސަކު މަރުވެފައި އޮއްވާ ފެނިގެން ތަހުގީގެއް ފަށައިފި
މާފަންނު ގެއެއްގެ ތެރެއިން ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނުނު މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖުގައި ވާގޮތުން މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނިގޮތުގައި:
-
އޭނާ މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓުކޮށްފައިވަނީ ރޭ 11:33 ހާއިރު
-
އޭނާ ފެނުނީ މާފަންނުގެ ގެއެއްގެ ތިންވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއް ތެރެެއިން
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަަމަށް ފުލުހުން ބުނި ނަމަވެސް މި މަރާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.