މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ.

ކުއްލި މަރު

ތަހުލީލުތަކަށް ފަހު ޒަކިއްޔާގެ ހަށިގަނޑު ރަށަށް ފޮނުވާލައިފި

އޭނާގެ ހަށިގަނޑު ރަށަށް ފޮނުވާލީ މިއަދު ހެނދުނުގެ ވަގުތެއްގައި
12 ސެޕްޓެމްބަރު 2024

ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑު ތަހުލީލު ކުރުމަށް ފަހު އަނބުރާ ރަށަށް ފޮނުވާލައިފި އެވެ.

ވީ ކިހިނެއް؟ - ޒަހަމްތަކަކާ އެކު އޭނާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަންގާރަ ދުވަހު އޭނާ ދިރިއުޅޭ ގޭގައި ހުރި ގުދަނެއްގެ ތެރެއިންނެވެ.

ތަފްސީލް - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ތަހުލީލްތައް ނިންމުމަށް ފަހު ޒަކިއްޔާގެ ހަށިގަނޑު މިއަދު ހެނދުނު މާލޭން ރަށަށް ފޮނުވާލާފައިވާ ކަމަށެވެ.

މައްސަލައިގެން ފެށުން - ޒަކިއްޔާ މުސާ، 50، މާރަނގަ/ހޮޅުދޫ، މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަން ތެރޭގަ އެވެ. ޒަކިއްޔާގެ މަރާ މެދު ޝައްކުތަކެއް އުފެދުނީ: 

  • އޭނާ މަރުވެފައި އޮތްއިރު ކަރުގައި ޒަހަމްތަކެއް ހުރުމުން 

  • ކައިރީގައި ވަޅިއެއް ވެސް އޮތް ކަމަށްވޭ 

އެ މަރު ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އަންގާރަ ދުވަހު ވަނީ ހޮޅުދުއަށް ގޮސްފަ އެވެ. އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ގުޅުންހުރި - އިއްޔެ ހދ. ކުޅުދުއްފުށީ ފަޅުތެރެއިން ވެސް މަރުވެފައި އޮތް މީހަކު ވަނީ ފެނިފަ އެވެ. އެ ރަށުން ފެނުނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް