މާލޭ ނީލަން ފިހާރަ ސަރަހައްދުގައި 9 ޖެނުއަރީ 2023 ވަނަ ދުވަހުގެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންތަކެއް (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ފެމިލީ ކޯޓު

ބިދޭސީން ދިވެހިންނާ ކައިވެނި ކުރުން އިތުރުވާތީ ހުށަހަޅަން ޖެހޭ ތަކެތި އިތުރުކޮށްފި

ދިވެހިންނާ ކައިވެނިކުރަން ހުށަހަޅާ މިންވަރު އިތުރުވެފައިމިވަނީ ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓުކުރަން ފަށާފައިވަނިކޮށް؛ ބިދޭސީއެއްނަމަ މުއްދަތު ހަމަނުވާ ވިސާގެ ކޮޕީ ހުށަހަޅަންޖެހޭގޮތަށް ކައިވެނީގެ ފޯމުގައި މިހާރު ވަނީ ހިމަނާފައި
11 ސެޕްޓެމްބަރު 2024

ބިދޭސީން ދިވެހިންނާ ކައިވެނިކުރަން ހުށަހަޅާ އަދަދު އާދަޔާ ހިލާފަށް އިތުރުވާ ކަމަށާއި އެހެން ކަމާ އެކު ބިދޭސީންނަށް ކައިވެންޏަށް އެދި ހުށަހެޅޭ ގޮތް ހަރުކަށިކޮށްފި އެވެ.

އެނގުން މުހިންމު - މި އަދަދު އިތުރުވެފައިވާ ކަން ފާހަގަވެފައި މިވަނީ އިމިގްރޭޝަން އިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓުކުރަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. މިގޮތަށް ޑީޕޯޓުކުރާ ގިނަ ބިދޭސީންނަކީ ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅޭ މީހުންނެވެ.

29 އޮގަސްޓް 2024: މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފައަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަނުގެ ތެރެއިން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ބުނީ ކީކޭ؟ - ފެމިލީ ކޯޓުގެ މީޑިއާ އޮފިސަރު އަހްމަދު ސައްފާން މިއަދު 'ދައުރު' އަށް ވިދާޅުވީ ދިވެހީންނާއި ބިދޭސީން ކައިވެނިކުރަން އެދި ހުށަހަޅާ މިންވަރު ކުރިއާ އަޅާބަލާ އިރު މިދުވަސްވަރު އާދަޔާ ހިލާފަށް ގިނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދައިން ކައިވެންޏަށް ހުށަހަޅާ މީހުންގެ މެދުގައި އުމުރުގެ ތަފާތު ވެސް ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

އެފަދަ ބިދޭސީންނަކީ ރާއްޖޭގައި ގަވާއިދާ އެއްގޮތަށް އުޅޭ މީހުންކަން ކަށަވަރުކުރުމުގެ ގޮތުން މިހާރު ދިވެއްސަކާއި ބިދޭސީއަކު ކައިވެނިކުރަން އެދި ހުށަހަޅާ ފޯމާ އެކު ހުށަހަޅަންޖެހޭ ލިޔެކިއުންތަކަށް ބަދަލުތަކެއް ގެނެސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެގޮތުން އިއްޔެ ގެނެސްފައިވާ ބަދަލަކީ:

  • ބިދޭސީމީހާގެ މުއްދަތު ހަަމަނުވާ ސައްހަ ވިސާގެ ކޮޕީއެއް ހުށަހަޅަންޖެހޭ ގޮތަށް ފޯމުގައި ހިމެނުން

  • މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ކޮޕީ ހުށަހަޅަންޖެހޭ ގޮތަށް ފޯމުގައި ހިމެނުން

  • ކައިވެނި އަގުދުކޮށްދިނުމުގެ ކުރިން ބިދޭސީމީހާއަކީ ސައްހަ ވިސާއެއްގައި އުޅޭ މީހެއްތޯ ކޯޓުން މީގެ ކުރިން ބަލަނީ ކޯޓަށް ފޯމު ހުށަހެޅުމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް