މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ

ހޮޅުދޫގައި މަރުވި އަންހެން މީހާގެ ހަށިގަނޑު އިތުރު ތަހުލީލަށް މާލެ ގެނެސްފި

އެ މަރާ މެދު ޝައްކު އުފެދޭ ކަންތައްތަކެއް ހުރެގެން ފުލުހުން ތަހުގީގެއް ފަށާފައިވާއިރު އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރޭ
11 ސެޕްޓެމްބަރު 2024

ނ. ހޮޅުދޫގައި އިއްޔެ ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑު އިތުރު ތަހުލީލުތަކަށް މާލެ ގެނެސްފި އެވެ. 

މައްސަލައިގެ ފެށުން - ޒަކިއްޔާ މުސާ، 50، މާރަނގަ، މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަން ތެރޭގަ އެވެ. ޒަކިއްޔާގެ މަރާ މެދު ޝައްކުތަކެއް އުފެދުނީ:

  • އޭނާ މަރުވެފައި އޮތްއިރު ކަރުގައި ޒަހަމްތަކެއް ހުރުމުން 

  • ކައިރީގައި ވަޅިއެއް ވެސް އޮތްކަމަށް ވޭ 

އެ މަރު ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އިއްޔެ ވަނީ ހޮޅުދުއަށް ގޮސްފަ އެވެ. 

ބުނީ ކީކޭ؟ - އެ މަރާ ގުޅޭ ގޮތުން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިތުރު ތަހުލީލުތައް ކުރުމަށް ޒަކިއްޔާ މޫސާގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. 

"މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރޭ،" ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ބުނެ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުންޏެވެ. 

ތަހުގީގުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް