ހ. ދޫހިމެރިގޭގައި ހުންނަ ގާމަގު ކެފޭގެ ބަދިގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތަށް ގެއްލުން ލިބުމާ ގުޅިގެން ޕަބްލިކް ވޯކްސް މިނިސްޓްރީން މިއަދު އެތަން ތަޅާލަން ތައްޔާރުވަނީ (ފޮޓޯ/ޕަބްލިކް ވޯކްސް މިނިސްޓްރީ)

އަލިފާން ރޯވި ގާމަގު ކެފޭ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށައިފި

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިގޮތުގައި އެތަން ތަޅާލަނީ އާއްމުންނަށް ނުރައްކަލެއް ކުރިމަތިވެދާނެތީ
10 ސެޕްޓެމްބަރު 2024

ސޯސަންމަގު ކޮޅުގައި، ހ. ދޫހިމެރިގޭގައި ހަދާފައި ހުރި ގާމަގު ކެފޭގެ ބަދިގޭގައި އިއްޔެ ރޯވި ހާދިސާއަށް ފަހު އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ޕަބްލިކް ވޯކްސް މިނިސްޓްރީން މިއަދު ފަށައިފި އެވެ.

ތަފްސީލް - ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ވިދާޅުވި ގޮތުގައި:

  • އިމާރާތް ތަޅާލަނީ އެތަނުގެ ސަބަބުން އާންމުންނަށް ނުރައްކަލެއް ކުރިމަތިވެދާނެތީ

  • ތަޅާލުމުގެ މަސައްކަތް ކުރިއަށް އޮތް 3-4 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ

ދޫހިމެރިގެއަކީ ގިނަ އަދަދަކަށް ބިދޭސީން ދިރިއުޅޭ އިމާރާތެކެވެ. އަދި އަލިފާން ރޯވި ގާމަގު ކެފޭއަކީ ބިދޭސީންނަށް ކެއުން ދޭ ތަނެކެވެ.

އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް ދުމުގެ އަސަރުކޮށްގެން ދެ މީހަކަށް އޭޑީކޭ ހޮސްޕިޓަލިގައި ފަރުވާ ދިން ކަމަށާއި އެ މީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެނގުން މުހިއްމު - ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީން ބުނިގޮތުގައި އެ ހާދިސާގައި 37 މީހަކު ވަނީ ހާލުގައިޖެހިފަ އެވެ. އޭގެ ތެރޭ ހިމެނެނީ: 

  • 22 ދިވެހިން

  • 15 ބިދޭސިން

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް