ރާޅުގަނޑު ސަރަހައްދަށް ބަންޑުން ޖަހާލި ލޯންޗް ސަލާމަތް ކުރަން ސިފައިން ހަރަކާތްތެރިވަނީ (ފޮޓޯ/އެމްއެންޑީއެފް)

ރާޅުގަނޑު ސަރަހައްދަށް ލޯންޗެއް ބަންޑުން ޖަހާލައި ދެ މީހުންނަށް އަނިޔާވެއްޖެ

އެ ލޯންޗް ބަންޑުން ޖަހާލިއިރު ހަތަރު މީހުން އޭގައި ތިބި
3 ސެޕްޓެމްބަރު 2024

ހަތަރު މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ރާޅުގަނޑު ސަރަހައްދަށް ބަންޑުން ޖަހާލުމުން އެ މީހުން ސަލާމަތްކޮށްފި އެވެ. 

ވީ ކިހިނެއް؟ - މާލޭ ރާޅުގަނޑު ސަރަހައްދަށް ލޯންޗެއް ބަންޑުން ޖަހާލާފައި ވަނީ މިއަދު ހަވީރު 5 ޖަހާ އެހާއިރު އެވެ. އަދި އެ ލޯންޗު ބަންޑުން ޖަހާލާފައިވާ ފޮޓޯތައް އާންމުން ގެންދިޔައީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. 

ތަފްސީލް - އެމްއެންޑީއެފްއިން ބުނީ ބަންޑުން ޖަހާލި ލޯންޗުގައި ހަތަރު މީހުން ތިބި ކަމަށެވެ. އެމްއެންޑީއެފްއިން ބުނި ގޮތުގައި: 

  • ލޯންޗުގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީން 

  • އެތަނުން ދެ މީހަކަށް ކުދިކުދި އަނިޔާތައް ލިބިފައިވޭ 

އެ މީހުން ސަލާމަތް ކޮށްފައި ވަނީ ފުލުހުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. 

ލޯންޗް ބަންޑުން ޖަހާލި ސަބަބެއް ސާފެއް ނުވެ އެވެ. އެހެން ނަމަވެސް މިއަދު ދަނީ އަނެއްކާ ވެސް މާލޭ ސަރަހައްދަށް ވިއްސާރަކުރަމުންނެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް