ލ. ގަމުން ފުރިފަހުން އެއްވެސް ހަބަރެއް ނުވެގެން ހޯދަމުންދިޔަ 'އަކުރިސް' ބޯޓު. (ފޮޓޯ/ފޭސްބުކް)

ގެއްލުނު 'އަކުރިސް' ބޯޓު ފެނިއްޖެ؛ އޮތީ އިންޖީނު ހުއްޓިފައި

އަކުރިސް ބޯޓު ފެނުނީ މ. ރަތްަމަންދޫގެ އިރުން 22 ނޯޓިކަލް މޭލު ބޭރުން؛ ބޯޓުގައި ތިބި 14 މީހުންގެ ހާލު ވެސް ރަނގަޅު
30 އޯގަސްޓު 2024

ރޭގެ ވަގުތެއްގައި ގެއްލިގެން ރިޕޯޓުކުރި 'އަކުރިސް' ނަމަކަށް ކިޔާ ބޯޓެއް އެމްއެންޑީއެފް ކޯސްޓު ގާޑުން ހޯދައިފި އެވެ.

ވީ ކިހިނެއް؟ - އެ ބޯޓު ލ. ގަމުން ފުރައިގެން މާލެއަށް ދަތުރު ފެށީ އިއްޔެ ފަތިހު އެވެ. އަދި ބޯޓުގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްއަށް ރިޕޯޓުކުރީ ރޭ 7:10 ހާއިރު އެވެ.

ތަފްސީލު - އެމްއެންޑީއެފްއިން މިއަދު ބުނީ އެ ބޯޓު ފެނުނީ މ. ރަތްމަންދޫގެ އިރުން 22 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. ކޯސްޓް ގާޑުގެ އިންޓަސެޕްޓާ ކްރާފްޓް 'މާފަތް' ލޯންޗަށް އެ ބޯޓު ފެނުނުއިރު އޮތީ އިންޖީނު ހުއްޓިފަ އެވެ.

އެ ބޯޓުން ދަތުރުކުރި 14 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް