ހަށިވިއްކުމުގެ ވިޔަފާރިކުރި މައްސަލާގައި ޑީޕޯޓްކޮށްލި ހަތަރު މީހުން(ފޮޓޯ/އިމިގްރޭޝަން)

އިމިގްރޭޝަން

ހަށިވިއްކަމުންދިޔަ 4 ބިދޭސީއަކު ޑީޕޯޓްކޮށްލައިފި

ޑީޕޯޓްކޮށްލި މީހުންގެ ތެރޭގައި ހިމެނެނީ ހަށިވިއްކުމުގައި އަމަލީގޮތުން އުޅުނު ތިން އަންހެނުންނާއި، އެމީހުންގެ އެޖެންޓުގެ ގޮތުގައި އުޅުނު ފިރިހެނެއް

ރާއްޖޭގައި ހަށިވިއްކައި އެކަމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ބިދޭސީންތަކެއް ޑީޕޯޓްކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - މި މީހުން ހޯދާފައިވަނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކަކާ ގުޅޭގޮތުން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއެކު މިމަހުގެ 11ގައި ހިންގި ހާއްސަ އިންސްޕެކްޝަނެއްގެ ތެރެއިންނެވެ.

ތަފްސީލް - އިމިގްރޭޝަނުން މިއަދު ބުނިގޮތުގައި އެ އޮޕަރޭޝަނުގެ ތެރެއިން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހަތަރު ބިދޭސީން ކަމަށެވެ. އެއީ:

  • ހަށިވިއްކުމުގައި އަމަލީގޮތުން އުޅުނު ތިން ބިދޭސީ އަންހެނުން 

  • އެމީހުންގެ އެޖެންޓުގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ފިރިހެނަކު

ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މި އެންމެން ވެސް މިހާރު ވަނީ ޑީޕޯޓުކޮށްފައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މީގެތެރޭގައި ހިމެނޭ ތިން އަންހެނުން ޑީޕޯޓްކޮށްލާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. އަދި އެޖެންޓުގެ ގޮތުގައި ހަރަކާތްތެރިވި ފިރިހެންމީހާ ޑީޕޯޓްކޮށްލީ އާދިއްތަ ދުވަހު އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް