މާލޭގައި ގަވައިދާ ހިލާފަ ޕާކްކޮށްފައިވާ ވެހިކަލްތައް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ގަވައިދާ ހިލާފަށް ބޭނުންކުރާ އުޅަނދުތައް ހުޅުމާލެއަށް ގެންދަން އަންގައިފި
މާލެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާ އުޅަނދުތައް ގާނޫނާއި ގަވައިދުތަކުގެ ތެރެއަށް ގެނައުމުގެ ފުރުސަތު ދިނުމަށްޓަކައި، އެފަދަ އުޅަނދުތަކަށް ވަގުތީ ގޮތުން ހުޅުމާލެއިން ބިމެއް ހާއްސަކޮށް، އެތަނަށް އުޅަނދުތައް ގެންދަން މިނިސްޓްރީން މިއަދު އަންގައިފި އެވެ.
ވީ ކިހިނެއް؟ - ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، މާލެ ސަރަހައްދުގައި ގަަވައިދާ ހިލާފަށް އުޅަނދު ބޭނުންކުރަމުންދާ މީހުންނަށް އިރުޝާދު ދީ އިއުލާނެއް ކޮށްފަ އެވެ.
ތަފްސީލް - އެ އިއުލާނުގައި ވާ ގޮތުން ބިން ހާއްސަކޮށްފައިވަނީ:
-
ރަޖިސްޓްރީ ނުކޮށް ދުއްވާ އަދި ރަޖިސްޓްރީ ވަންދެން މާލޭގެ އެކި ތަންތަނުގައި ޕާކްކޮށްފައި ހުރި އުޅަނދުތަކަށް
-
އެހެން ޒޯނުތަކުގައި ރަޖިސްޓްރީކޮށް، 'އޭ' ޒޯނުގައި ދުއްވާ، ޕާކުކުރާ އުޅަނދުތަކަށް
މިފަދަ އުޅަނދުތައް ބޭނުން ކުރުން ހުއްޓުވާ އެ އުޅަނދުތައް ގާނޫނާއި ގަވައިދުތަކުގެ ތެރެއަށް ގެނައުމުގެ ފުރުސަތު ދިނުމުގެ ގޮތުން، މިނިސްޓްރީން ވަނީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެފަދަ އުޅަނދުތައް ވަގުތީ ގޮތުން ހުޅުމާލޭގެ ލޮޓް ނަންބަރު 452 ބިމުގައި ބޭއްވޭނެ ގޮތް ހަމަޖައްސާފަ އެވެ. މިއީ ހުޅުމާލޭ ފޭސް ދޭއްގައި ހުރި އެމްއޭސީއެލްގެ ފްލެޓްތަކާ ޖެހިގެން އޮންނަ ބިމެވެ.
މިނިސްޓްރީ އެދުނީ:
-
ވީ އެންމެ އަވަހަކަށް އެފަދަ އުޅަނދުތައް އެ ބިމަށް ގެންދަން
-
އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކުގައިވާ ގޮތުގެމަތިން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ވީ އެންމެ އަވަހަކަށް ފުރިހަމަ ކުރުން
މިނިސްޓްރީން ބުނީ އެ އެންގުމާ ހިލާފުވާ އުޅަނދުތަކާ މެދު ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮމެންޓް (1)
ސިކުނޑި