ޗެންޕިއަންކަން ހޯދި ބްލެކް އެންޓް ޓީމް؛ މި ޓީމަށް 25،000ރގެ ހަވާލުކޮށްފައިވޭ. (ފޮޓޯ/އުރީދޫ)

އުރީދޫ މަސްރޭސް

އުރީދޫ މަސްރޭސް؛ ތިނަދޫގެ ޗެމްޕިއަންކަން ބްލެކް އޭންޓް ފިޝިންއަށް

މުބާރާތުގެ އެއް ވަނަ ހޯދައިގެން ބްލެކް އެންޓް ފިޝިން ޓީމުން ވަނީ 25،000ރ. ކާމިޔާބުކޮށްފައި

އުރީދޫން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ 'އުރީދޫ މަސްރޭސް 2024'ގެ ގދ. ތިނަދޫ ޗެމްޕިއަންކަން 'ބްލެކް އޭންޓް ފިޝިން' ހޯދައިފި އެވެ.

ވީ ކިހިނެއް؟ - އުރީދޫގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަކޮށް ތިން ރަށެއްގައި ބާއްވަ އެވެ. އެ ރަށްތަކަކީ:

  • ކ. ހިންމަފުށި 

  • ޅ. ނައިފަރު 

  • ގދ. ތިނަދޫ

ތަފްސީލް - ތިނަދޫގައި މަސްރޭހަށް ރަޖިސްޓްރީ ކުރި އަށް ޓީމާ އެކު މި މުބާރާތް ފަށާފައިވަނީ އިއްޔެ އެވެ. ޓީމްތަކުގެ މެދުގައި ކުރިއަށްދިޔަ ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފަ އެވެ. 

މި މުބާރާތުގެ އެއް ވަނަ ހޯދާފައިވަނީ 1665.81 ޕޮއިންޓާ އެކު 'ބްލެކް އޭންޓް ފިޝިން'ގެ ނަމުގައި މުބާރާތުގައި ބައިވެރިވި ޓީމެކެވެ. އެއް ވަނަ ކާމިޔާބުކޮށްގެން މި ޓީމުން ވަނީ 25،000ރ. ކާމިޔާބުކޮށްފަ އެވެ. 

މި މުބާރާތުގައި އެންމެ ބަރު މަސް ބާނާފައިވަނީ ވެސް ބްލެކް އޭންޓް ފިޝިންގެ ޓީމުންނެވެ. އެއީ އެ ޓީމްގެ މެމްބަރު އަބްދުﷲ ދީދީ ބޭނި 7.15 ކިލޯގެ ހަންޖެކެވެ. 

އެންމެ ބަރު މަސް ބާނާފައިވާ އަބްދުﷲ ދީދީއާ އިނާމް ހަވާލުކުރަނީ. (ފޮޓޯ/އުރީދޫ)

މި މުބާރާތުން:

  • ދެ ވަނައަށް ގޮސްފައިވަނީ 523.25 ޕޮއިންޓާ އެކު ޓީމް އެމްއައިބީ؛ އިނާމަކަށް 10،000ރ.

  • ތިން ވަނައަށް ގޮސްފައިވަނީ 478.85 ޕޮއިންޓާ އެކު ހޯޑެއްދޫ މަސްވެރިން؛ އިނާމަކަށް 5000ރ.

  • އެންމެ މޮޅު ކެޔޮޅު ފިރިހެން - 12 މަސް ބޭނި ހޯޑެއްދޫ މަސްވެރިންގެ ޓީމް މެމްބަރު ދައުސް ހަސަން؛ އިނާމަކަށް 1000ރ.

  • އެންމެ މޮޅު ކެޔޮޅު އަންހެން - ހަތަރު މަސް ބާނައިގެން އެމްއައިބީ ޓީމްގެ ދެ މެމްބަރުން ކަމަށްވާ އާތިކާ މުހައްމަދު އަދި އައިޝަތު ނޫފާ އަލީ؛ އިނާމަކަށް 1000ރ.

ތިންވަނަ ހާސިލުކުރި ހޯޑެއްދޫ މަސްވެރިންގެ ޓީމަށް 5000ރ.ގެ އިނާމެއް ދީފައިވޭ. (ފޮޓޯ/އުރީދޫ)
ދެވަނަ ހާސިލުކުރި އެމްއައިބީ ޓީމަށް 10،000ރ.ގެ އިނާމެއް ދީފައިވޭ. (ފޮޓޯ/އުރީދޫ)

ތިނަދޫގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް އުރީދޫ ޓީމުން އަދި މަސްރޭސްގެ ޕާޓްނަރުންގެ ފަރާތުން ހޫނު މަރުހަބާއެއް ވަނީ ކިޔާފަ އެވެ.

care@ooredoo.mv
9613929

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް