ގދ. ގައްދޫ. (ފައިލް ފޮޓޯ/އެމްޓީސީސީ)
ބޭސް ބޭނުންކޮށްގެން ގައްދޫގައި ބުޅާ މަރާ މައްސަލައެއް ބަލަނީ
ގދ. ގައްދޫގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރާ މައްސަލައެއް ފެންމަތިވެ، އެކަން ބަލަމުންދާ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ރޭ ބުނެފި އެވެ.
ވީ ކިހިނެއް ؟ - ގައްދޫގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރާކަން ފާހަގަކުރެވިގެން، އެގޮތަށް ބޭސް ބޭނުންކޮށްގެން ބުޅާ ނުމެރުމަށް އެ ރަށު ކައުންސިލުން ވެސް އިއްޔެ ވަނީ އިލްތިމާސްކޮށްފަ އެވެ.
ބުނީ ކީކޭ؟ - ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ:
-
މިދިޔަ ހަފްތާގެ ތެރޭގައި ރަށުގެ ބޭރު މަގުންނާއި އެކިއެކި ދިމަދިމާލުން މަރުވެފައިވާ ބުޅާ އަދި ކާޅުތައް ފެނިފައިވޭ
-
މިގޮތަށް ބުޅާ އެކި ތަންތަނުގައި މަރުވެފައި ތިބުމުގެ ސަބަބުން އާންމުންނަށް އޭގެ އުނދަގޫތައްވެ ދަނީ ޝަކުވާ ކުރަމުން
ކައުންސިލުން ބުނީ، މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވެފައި، ރަށުގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ބުޅާތައް މެރުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މިކަމާ ގުޅިގެން އެގްރިކަލްޗާ މިނިސްޓްރީން ރޭ ނެރުނު ސޯޝަލް މީޑިއާގައި ބުނީ، އެ މިނިސްޓްރީއަށް އެފަދަ ޝަކުވާއެއް އަމިއްލަ ފަރާތަކުން ނުވަތަ ގައްދޫ ކައުންސިލުން ވެސް މިހާތަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
"ނަމަވެސް، މީޑިއާގެ ޒަރީޔާއިން މިއަދު ލިބިފައިވާ މައުލޫމާތުގެ އަލީގައި، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މި މައްސަލަ ބަލައި ތަހުގީގު ކުރަމުންދާނެ ވާހަކަ ދަންނަވަމެވެ،" މިިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ގދ. ގައްދޫގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރާ ކަމަށް ބުނާ ޚަބަރުތަކެއް މީޑިއާގައި ފެތުރެމުންދާތީ، އެކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުމުގެ ގޮތުން ދަންނަވަމެވެ. މި މިނިސްޓްރީއަށް މިފަދަ ޝަކުވާއެއް އަމިއްލަ ފަރާތަކުން ނުވަތަ
— Ministry of Agriculture and Animal Welfare (@MAAWmv) August 21, 2024
1/2
ފާހަގަކޮށްލެވޭ ކަމެއް - ބުޅަލަށް ގޯނާކުރުމާއި އެ ތަކެތި މެރުން އާންމުވަމުންދާތީ އެ ތަކެތީގެ ހިމާޔަތުގައި މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ވ. ތިނަދޫގައި ވެސް މިފަދަ މައްސަލައެއް މިދިޔަ ހަފްތާގައި ވަނީ ފެންމަތިވެފަ އެވެ. އެކަމާ ގުޅިގެން ބުޅަލުގެ ހިމާޔަތުގައި މަސައްކަތްކުރާ 'ފީލައިން ވެލްފެއާ އޮގަަނައިޒޭޝަން' އިން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއް ވަނީ އެފަދަ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް ކަމާ ގުޅޭ އިދާރާތަކަށް ގޮވާލާފަ އެވެ.
މީގެ އިތުރުން، މާލޭގައި ވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ބުޅަލަށް ގޯނާކޮށް، އެ ތަކެތީގެ މަސް ބޭނުންކޮށްގެން ކާތަކެތި ތައްޔާރުކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.