ފަލަސްތީނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގި ޓެލެތޯނަށް ލިބުނު ފައިސާ ސަރުކާރާ ހަވާލުކުރަނީ. (ފޮޓޯ/ޕީއެސްއެމް)

ފަލަސްތީން

ފަލަސްތީނު ޓެލެތޯނަށް ލިބުނު 19 މިލިއަން ރުފިޔާ ފޮނުވައިފި

މި ފައިސާ ހަވާލުކޮށްފައި ވަނީ، ހާލުގައި ޖެހިފައިވާ ފަލަސްތީނު މީހުންނަށް އެހީވާ އދ.ގެ ޖަމާއަތާ
20 އޯގަސްޓު 2024

ފަލަސްތީނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ 'ފަލަސްތީނާ އެކު ދިވެހިން' ޓެލެތޯންއަށް ލިބުނު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ހާލުގައި ޖެހިފައިވާ ފަލަސްތީނު މީހުންނަށް އެހީވާ އދ.ގެ ޖަމާއަތް ކަމަށްވާ އަންރާއަށް ފޮނުވައިފި އެވެ. 

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް އެ ޓެލެތޯން ޕީއެސްއެމުން ކުރިއަށް ގެންދިޔައީ މިދިޔަ 12 ޖޫންގަ އެވެ. އެއް ދުވަހަށް ކުރިއަށް ގެންދިޔަ އެ ޓެލެތޯނަށް ކުންފުނިތަކާއި ސަރުކާރުގެ އެކި އިދާރާތަކުން ބޮޑެތި އަދަދުތަކުން ފައިސާގެ އެހީގެ ދިންއިރު، އާއްމުންގެ ގިނަ ބަޔަކު ވެސް ފައިސާ ހަދިޔާ ކުރި އެވެ.

ތަފްސީލް - އެ ފައިސާ އދ.ގެ ޖަމާއަތަށް ފޮނުވާފައިވާކަން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ފިނޭންސް މިނިސްޓްރީން އެ ފައިސާ އަންރާއަށް ފޮނުވަން ބޭނުންކުރި ޓީޓީގެ ކޮޕީއެއް 'ދައުރު'އަށް ވަނީ ލިބިފަ އެވެ. އެ ޓީޓީގައިވާ ގޮތުން، އަންރާއަށް ފޮނުވީ:

  • 19.3 މިލިއަން ރުފިޔާ

  • އެ ފައިސާ ފޮނުވީ ޑޮލަރުން

ޕީއެސްއެމް އިން އެ ފައިސާ ސަރުކާރާ ހަވާލުކޮށްފައިވަނީ މިިދިޔަ މަހު އެވެ. ދެފުށް ފެންނަ ގޮތަށް މި ހަރަކާތް ކުރިއަށް ގެންދިއުމަށް، ޓެލެތޯން އޮޑިޓްކޮށްފައިވަނީ ކްރޯ މޯލްޑިވްސްއިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް