ލ. ގަމުގެ މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/ ސޯޝަލް މީޑިއާ)

ޑުރަގާއި ބަނގުރާ ހުރި ރުނބާތަކަކާ އެކު ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުން ބުނި ގޮތުގައި އެއީ 42 އަދި 57 އަހަރުގެ ދިވެހި ފިރިހެނުން
17 އޯގަސްޓު 2024

މަސްތުވާތަކެއްޗާއި ބަނގުރާ ކަމަށް ޝައްކު ކުރެވޭ ރުނބާތަކަކާ އެކު ލ. ގަމުން ދެ ދިވެހިން ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެގޮތުން:

  • ލ. ގަމު ތުނޑީ އަވަށު ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާކަމަށް އަދި ބަނގުރާ ކައްކާ އޭގެ ވިޔަފާރި ކުރާ ކަމަށް އިންޓެލިޖެންސަށް ވަނީ މައުލޫމާތު ލިބިފައި

  • އެ މައުލޫމާތާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އިއްޔެ ވަނީ އެ ގެ ބަލާ ފާސްކޮށްފައި

ތަފްސީލް - އެ ގެ ބަލާ ފާސްކުރުމުގެ ތެރެއިން ފެނިފައިވާ ތަކެތީގެ ތެރޭގައި ފުލުހުން ބުނީ:

  • 24.42 ގްރާމްގެ ހެރޮއިން ކަމަށް ޝައްކު ކުރެވޭ މަސްތުވާތަކެތި

  • ބަނގުރާ ކަމަށް ޝައްކު ކުރެވޭ ދެ ރުނބާ އަދި ފަސް ލީޓަރު ފުޅިއެއް

  • ބަނގުރާ ކައްކަން ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު

އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ އިރު، އެއީ 42 އަދި 57 އަހަރުގެ ދިވެހި ފިރިހެނުންނެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް