ބާ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ދަނީ

ބާ ކައުންސިލް

40،000ރގެ މުސާރައެއްގައި ބާ ކައުންސިލަށް އެސްޖީއަކު ހޯދަނީ

މި މަގާމަށް މީހަކު ހޯދަން މި މަސް ތެރޭ އިއުލާންކުރާ މިއީ ދެވަނަ ފަހަރު؛ ބާ ކައުންސިލުން ބުނީ ކުރީގެ އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާ ކަމަށް

ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - އެއް އަަހަރު ދުވަހުގެ މުއްދަތަށް އައްޔަންކުރާ މި މަގާމަށް މީހަކު ހޯދުމަށް މި މަހުގެ ފަސް ދުވަހު ވެސް ބާ ކައުންސިލުން އިއުލާންކުރި އެވެ. ބާ ކައުންސިލުން ބުނި ގޮތުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލީ، އޭރު ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެވެ.

ތަފްސީލް - އެސްޖީއަކު ހޯދަން އަލުން އިއުލާންކޮށްފައިވަނީ އިއްޔެ އެވެ. މި އިއުލާންގެ މުއްދަތު ހަމަވާނީ މި މަހުގެ 26 ވާ ހޯމަދުވަހުގެ މެންދުރު 12 އަށެވެ. އިއުލާންގައި ވާ ގޮތުން މީގެ ކުރިން ކުރި އިއުލާނާ ގުޅިގެން ފޯމު ހަށަހެޅި ފަރާތްތަކުން މިފަހަރު އަލުން ފޯމު ހުށަހަޅާކަށް ނުޖެހޭނެ އެވެ.

މި މަގާމުގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ:

  • މަހަކު 40،500ރ

  • މަސައްކަތާ ގުޅޭ އެހެނިހެން އެލަވަންސް 

  • ރޯދަ އެލަވަންސް 

  • ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

މި މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާ އެކު، ގާނޫނީ ވަކީލެއްގެ ގޮތުގައި ހަތް އަހަރު ދުވަހު މަސައްކަތްކޮށްފައި ވުން ހިމެނެ އެވެ.

ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.

މީގެ އިތުރުން ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެެރޭގައި ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް