މިނިސްޓަރު ޒަމީރު ބަހުރެއިންއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ގައުމުގެ ވަލީ އަހުދާ ބައްދަލުކުރެއްވުން.

މޫސާ ޒަމީރު

ރައީސް ބަހުރެއިންގެ ރަސްގެފާނަށް ފޮނުއްވި ސިޓީފުޅެއް ވަލީ އަހުދަށް އަރުވައިފި

އެ ސިޓީފުޅު ވަލީ އަހުދަށް އަރުވާފައި ވަނީ ޒަމީރު ބަހުރެއިނަށް ކުރައްވަމުން ގެންދަވާ ދަތުރުގައި
12 އޯގަސްޓު 2024

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބަހުރެއިންގެ ވަލީ އަހުދު ސަލްމާން ބިން ހަމަދު އަލް ހަލީފާއާ މިއަދު ބައްދަލުކުރައްވައި ރައީސް މުހައްމަދު މުއިއްޒު އެ ގައުމުގެ ރަސްގެފާނަށް ފޮނުއްވި ސިޓީފުޅެއް އަރުވައިފި އެވެ.

ވީ ކިހިނެއް؟ - ބަހުރެއިން ސަރުކާރުގެ ދައުވަތަކަށް ރަސްމީ ދަތުރެއްގައި ޒަމީރު އެ ގައުމަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ.

ތަފްސީލު - މިއަދު ބޭއްވި ބައްދަލުވުމުގައި ޒަމީރު ވަނީ ރައީސް މުއިއްޒު އެ ގައުމުގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފާއަށް ފޮނުއްވި ސިޓީއެއް ބަހުރެއިންގެ ވަލީ އަހުދަށް އަރުވާފަ އެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެ އާއި ބަހުރެއިންގެ ދެމެދުގައި އޮންނަ ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް