ޕީއެންސީން ރޭ މާލޭގައި ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވާހަކަދައްކަވަނީ (ފޮޓޯ/ޕީއެންސީ)

މެންބަރު ފަލާހު

ޔާމީންގެ އެކައުންޓުގައި ބަޖެޓު ފޫބައްދާ ވަރަށް ފައިސާ އެބަހުރި ކަމަށް ފަލާހް ތުހުމަތުކުރައްވައިފި

ފަލާހު ވިދާޅުވީ ޔާމީންގެ އެކައުންޓުގައި މިލިއަނުން ފައިސާ ހުރި ކަމަށް ތުހުމަތުކޮށް އެންމެ ކުރިން ވާހަކަ ދައްކާފައިވަނީ މިހާރު އެމަނިކުފާނުގެ އެންމެ އަރިހުގައި ތިއްބެވި ޑރ. މުހައްމަދު ޖަމީލު އަހުމާއި މުހަމަދު މަލީހު ޖަމާލް ކަމަށް
6 އޯގަސްޓު 2024
1

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުގައި ދައުލަތުގެ ބަޖެޓު ފޫބައްދާ ވަރަށް ފައިސާ ހުރި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ބޮޑެތި ތުހުމަތުތަކެއް މިރޭ ކުރައްވައިފި އެވެ. 

ވީ ކިހިނެއް؟ - މި މޭރުމުން ފަލާހު ވާހަކަ ދެއްކެވީ ޕީއެންސީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ތަފްސީލް - ފަލާހު ވިދާޅުވީ ޔާމީންގެ އެކައުންޓުގައި މިލިއަނުން ފައިސާ ހުރި ކަމަށް ތުހުމަތުކޮށް އެންމެ ކުރިން ވާހަކަ ދައްކާފައިވަނީ މިހާރު އެމަނިކުފާނުގެ އެންމެ އަރިހުގައި ތިއްބެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ކަމަށެވެ. 

ބުނީ ކީކޭ؟ - "އެ ބޭފުޅުން އެވާހަކަ ދައްކަވާފައި ހުއްޓާ ރައީސް ޔާމީންގެ މައްޗަށް ހިންގުނު ބޮޑެތި ޝަރީއަތްތަކެއްގައި އެމަނިކުފާނު ދުލުން އެބަހުރި އިއުތިރާފުވެފައި އެމަނިކުފާނު އެކައުންޓުގައި ހުރީ ކެމްޕޭނަށް ލިބިފައި ހުރި ފައިސާ ކަމަށް،" ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓީއަކަށް ކެމްޕޭނަށް ދޭ ފައިސާ ހުންނަން ޖެހޭނީ އެ ޕާޓީއެއްގެ އެކައުންޓުގައި ކަމަށް ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައި އޮންނާނެ ކަމަށެވެ. އަދި ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްގެ އެކައުންޓުގައި މިލިއަނުން ފައިސާ ހުރުމަކީ ރައްޔިތުން އެކަމާ ދޭތެރޭ ޝައްކު އުފައްދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އަދި މި އެކައުންޓުތަކަކީ ހަމައެކަނި ޑިޕޮސިޓްކުރެވޭ އެކައުންޓުތަކެއް. ޗެކު ފޮތެއް ނޯވޭ، ނުއެއް ނެގޭ، ޓްރާންސްފާ ކުރެވޭނެ ގޮތެއް ނުހުރޭ، އެހެންވީމަ މަދެއް ނުވޭ މިޔަކުން އެއްވެސް އެއްޗެއް ދުވަހަކު ވެސް،" ފަލާހު ވިދާޅުވި އެވެ.

"ހައްތަހާ ވަނީ ގިނަ، ގިނަވަމުން ވަމުން ގޮސް މިހާރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޔާމީންގެ އެކައުންޓުގައި އެބަހުރި ދައުލަތުގެ އެއް އަހަރުގެ ބަޖެޓު ފޫބައްދާ ވަރަށް ފައިސާ."

ފަލާހު ވިދާޅުވީ 2013ގެ ކެމްޕޭނަށް ޔާމީން އާންމުންގެ އެކި މީހުންގެ އަތުން ނެންގެވި ފައިސާ އެ މީހުންނަށް އަދާކޮށްފައިވަނީ ދައުލަތުން ނަގައިގެން ކަމަށެވެ. 

"އެމަނިކުފާނުގެ ދޫފުޅުން ވިދާޅުވީ 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސައުދީ އަރަބިއާއިން 5 މިލިއަން ޑޮލަރު އޭރުގެ މެންބަރުންގެ ކެމްޕޭނަށް ދިނޭ. އޭރު ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހެކިވާނެ، މިއީ ދޮގެއް ނޫން. އެހެން ނަމަވެސް އެ 5 މިލިއަން ޑޮލަރު ވެސް، ދިވެހި ފައިސާއިން ބުނަންޏާ 77 ރުފިޔާގެ ވާހަކަ މި ދައްކަނީ، މި ވެސް ވީތަނެއް އަޅުގަނޑުމެންނަކަށް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ޔާމީން ހެންވޭރުން ގެއެއް ބައްލަވައިގަނެ އެތަނުގައި އިމާރާތް އަޅާފައިވާ ގޮތާ މެދު ވެސް ރައްޔިތުން ސުވާލު އުފައްދާ ކަމަށެވެ.

 "މާލޭގައި އެވަރުގެ ބިމެއް 12 ބުރިއަށް އިމާރާތް ކުރެވޭނީ ގާތްގަނޑަކަށް 80 މިލިއަން ރުފިޔާއަށް. އެކަމަކު ލޯނަކަށް ލޯލާރިއެއް ވެސް ނުނަގާ އެފަދަ ބޮޑެތި އިމާރާތްތަކާއި ވިޔަފާރިތަކާ ތަންތާ ކުރާ ކަމަށް ވަންޏާ ރައްޔިތުން އޭރުގައި ވެރިކަން ކޮށްފައި ތިބި ވެރިންނާ ދޭތެރޭ ސުވާލު އުފައްދާނެ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ފަލާހުގެ ވާހަކައިގައި ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ޔާމީން ވެސް ގެންދަވަނީ ޖަލްސާތަކުގައި ސަރުކާރަށާއި އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ކޮމެންޓް (1)

ސިކުނޑި

7 އޯގަސްޓު 2024
ވަޒީރަކަށް ހުރި މީހަކަށް 12 ބުރިޔަށް ގެ ހެދޭއިރު ރައީސަކަށް ހުރި މީހަކަށް 15 ބުރިޔަށް ނެހެދެންވީ ސަބަބެއްނެތް! ޔާމީނު ގޯތި ބަދަލުކުރީ! ސިޔާސީގޮތުން މީހާ ހައްދު ފަހަނަޅައި ދިޔައިމާ ކުރިން ވީކަންތައް ހަނދާނެއް ނުހުންނާނެ! ފަލާހު މެންނަކީ ކިހިނެތް އުޅުނު ބައެއްކަން ރ. އަތޮޅު މީހުނަށް އެނގޭނެ! މީހުންގެ ބޮލުގައި ތުހުމަތު އަޅުވާއިރު ތިމާއާއި ދޭތެރޭވިސްނާލުން ބުއްދިވެރި! އަދި އެ ތުހުމަތު ތަކަކީ ތިމާ ޖަވާބު ދާރީވާންޖެހޭ ތުހުމަތު ތަކެއްކަންވެސް ހަނދާން ބަހައްޓަންވާނެ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް