މިނިވަން ދުވަހާ ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ޕެރޭޑު (ފޮޓޯ/ރައީސް އޮފީސް)

މިނިވަން ދުވަހުގެ ޕެރޭޑް ބަލަން ގިނަ ބަޔަކު ނުކުމެއްޖެ

ރައީސް މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ޕެރޭޑް ބައްލަވާލެއްވި
2 އޯގަސްޓު 2024
1

މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް އިންތިޒާމްކުރި ޕެރޭޑް މާލޭގައި މިއަދު ބާއްވައިފި އެވެ.

ތަފްސީލް - އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓް މާޗް ބަލަން ގިނަ އަދަދެއްގެ މީހުން މަގުތަކަށް ނުކުތެވެ.

2 އޮގަސްޓް 2024 - މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓް މާޗް (ފޮޓޯ/ރައީސް އޮފީސް)

ރައީސް މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން ވަޒީރުންނާއި ސަރުކާރުގެ އެހެން ބައެއް އިސްވެރިން ވެސް ޕެރޭޑް ބައްލަވާލެއްވި އެވެ. 

މިނިވަން ދުވަހާ ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ޕެރޭޑް ރައީސްގެ ދެކަނބަލުންނާއި ސަރުކާގެ އިސްވެރިން ބައްލަވާލައްވަނީ (ފޮޓޯ/ރައީސް އޮފީސް)
2 އޮގަސްޓް 2024 - މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓް މާޗް (ފޮޓޯ/ރައީސް އޮފީސް)

މިދިޔަ 26 ޖުލައިގައި ފާހަގަކުރި މިނިވަން ދުވަހުގެ ޕެރޭޑް ބާއްވަން ފުރަތަމަ ނިންމީ މިދިޔަ ހުކުރު ދުވަހު އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ހަރަކާތް ފަސްކުރީ އެވެ.

މިނިވަން ދުވަހާ ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ޕެރޭޑު (ފޮޓޯ/ރައީސް އޮފީސް)

ފާހަގަކޮށްލެވޭ - މިނިވަން ދުވަހުގެ މުނާސަބަތުގައި އާއްމުކޮށް ކުރިއަށްގެންދާ ކުލަގަދަ ހަރަކާތްތަކާއި ފުޅަނދު ބުރު މި އަހަރު ނުބާއްވާ ގޮތަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އިގްތިސޯދީ ހާލަތު އޮތް ގޮތުން ހަރަދު ކުޑަކުރުމަށް ރައީސް މުއިއްޒު އެޅުއްވި އެ ފިޔަވަޅާ އެކު، މިފަހަރު މިނިވަން ދުވަސް ފާހަގަކުރީ ރަސްމީ ޖަލްސާ އާއި ޕެރޭޑުން އެކަންޏެވެ.

ކޮމެންޓް (1)

ހަސަން

3 އޯގަސްޓު 2024
އެހެންތާ ވާނީ އެތައް އަހަރެއް ވަންދެން ނުބާއްވާ އޮތް އެއްޗެއް. ކުޑަ ކުދިން ބަލާހިތްވާ އެއްޗެއް....މާޗުގައި ބައިވެރިވާ މީސްމީހުންގެ އާއިލާތަކާއި ރަހުމަތްތެރިން ލުކް ފޯރވާޑު ކުރާކަމެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް