ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން (ފޮޓޯ/ ރައީސް އޮފީސް)

މާލޭގައި ދިރިނޫޅެވޭ ވަރަށް ޓްރެފިކް މައްސަލަ ގޯސްވުމުގެ ޒިންމާ ނަގަންޖެހޭނީ ކުރީ ސަރުކާރުތަކުން: އަމީން

ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ މި މައްސަލައަށް ފަސޭހަ ހައްލެއް ނެތް ނަމަވެސް، މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ފައިދާއަށް ނިންމުންތަކެއް ނިންމަން ޖެހޭ ކަމަށް
2 އޯގަސްޓު 2024
2

ގްރޭޓާ މާލެ ސަރަހައްދުގައި ދިރިނޫޅެވޭ މިންވަރަށް ޓްރެފިކްގެ މައްސަލަ ގޯސްވުމުގެ ޒިންމާ ނަގަންޖެހޭނީ ކުރީގެ ސަރުކާރުތަކުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަމީން މިހެން ވިދާޅުވީ، ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ޕާކްކޮށްފައިވާ ގިނަ އަދަދެއްގެ ރޭސިން ކާރުތަކެއް އިއްޔެ ޓޯ ކުރުމުން ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކޮށްފައި ވަނިކޮށެވެ. އަދި މާލެ ސަރަހައްދުގައި ދުއްވަން ކާރު ރަޖިސްޓްރީނުކުރެވޭތީ ބައެއް ޑްރައިވަރުން ރޭ ވަނީ މާލޭގައި މުޒާހަރާކޮށްފަ އެވެ.

ތަފްސީލް - އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީން ވިދާޅުވީ ގަވާއިދާ ހިލާފަށް ވަގު ގަރާޖު ސިޓީ ވިއްކުން އާންމު ކަމަކަށް ހަދައި، ރަޖިސްޓްރީ ނުކުރާ ވެހިކަލްތައް ދުއްވުން އާންމުކުރީ ވޭތުވެދިޔަ ސަރުކާރުތަކުން ކަމަށާއި އެއީ އެންމެން ދަންނަ ހަގީގަތެއް ކަމަށެވެ.

އަމީން އިތުރަށް ވިދާޅުވީ:

  • މާލެ އާއި ހުޅުމާލޭގެ މަގުތައް ވެހިކަލް އުކާލާ ގޮނޑަކަށް ހަދަން ދޫކޮށްލާފައިވާ ކަމަށް

  • މި މައްސަލައަށް ސީދާ ފަސޭހަ ހައްލެއް ނެތް ކަމަށާއި ނަމަވެސް މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ފައިދާވާނެ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް

  • މައްސަލަ ހައްލުކުރަން ކުރާ މަސައްކަތަށް އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ކަމާބެހޭ އިދާރާތަކާއި އާއްމުން ގުޅިގެން އެންމެންނަށް ފައިދާހުރި ހައްލުތަކެއް ހޯދުމަށް ބާރުއެޅުއްވި

ކޮމެންޓް (2)

ވާނުވާ މޭޔަރު

4 އޯގަސްޓު 2024
ގަރާޖް ސިޓީތަށް މޭޒު މަތިންނާ މޭޒު ދަށުން ވިއްކީ ކާކު، އަދި މަގުތަކުން ދާއިމީ ސްލޮޓްތަށް ދިނީ ކާކު، ޖާގަ ގިނަވެގެން މަގު ފުޅާ ކުރަންތަ؟ ގަރާޖް އެއް ނެތަސް ސަރުކާރަށް ޖެއްސުން ކުރަން.
0 0

ހުސެން ހިތަދު

3 އޯގަސްޓު 2024
މީނާ އަކީ ނިކަން ފޮނި އެހެން މީހުންގެ ބަސް އަޑުނާހާ ބޮޑާ މީހެއް، ތިޔަވަރެއް ނުވިޔަސް ތިކަން ހައްލުކުރެވޭނެ. މީހުންނަށް ޖެއްސުން ކުރާނެ ގޮތެއް ނޭނގިގެން އުޅޭ މީހެއް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް