މީހަކު ހަނިއްޔާގެ ފޮޓޯއެއް ހިފަހައްޓައިގެން: ހަނިއްޔާ އަވާހަރަކޮށްލީ ސީދާ އޭނާއަށް އަމާޒުކޮށް ދިން މިސައިލް ހަމަލާއެއްގައި
ހަމާސްގެ ލީޑަރު އަވަހާރަކޮށްލުން ރާއްޖޭން ކުށްވެރިކޮށްފި
ހަމާސްގެ ޖަމާއަތުގެ އިސް ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުން ރާއްޖޭން ކުށްވެރިކޮށްފި އެވެ.
ވީ ކިހިނެއް؟ - ހަނިއްޔާ އަވަހާރަކޮށްލާފައި ވަނީ ތެހެރާނުގައި އޭނާ ހުންނެވި ގެކޮޅަށް އިޒްރޭލުން ދިން ހަމަލާއެއްގައި އިއްޔެ އެވެ.
ތަފްސީލް - ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާޒާގައި މިހާރު ކުރިއަށް ގެންދާ ގަތުލުއާންމު ހުއްޓުވަން އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އަދި ސަރަހައްދީ ސުލްހަ މަސަލަސްކަން ގާއިމްކުރަން ވަނީ ގޮވާލާފަ އެވެ.
އޭގެ އިތުރުން ހުރިހާ ގައުމަކުން ވެސް ބައިނަލްއަގުވާމީ ގާނޫނުތަކަށް އަމަލުކުރަން ރާއްޖޭން ވަނީ ގޮވާލާފަ އެވެ.
ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އީރާނުގެ އާ ރައީސް މަސްއޫދު ޕެޒެޝްކިއަން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގައި ހުންނަވަނިކޮށެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 37،551 އަށް ވުރެ ގިނަ ފަލަސްތީން ރައްޔިތުން ޝަހީދުކޮށްލާފައިވެ އެވެ.