ޕްލާސްޓިކް ފުޅިތަކެއް ރީސައިކަލް ކުރަނީ

ޕްލާސްޓިކް

1 ލީޓަރުގެ ޕްލާސްޓިކް ފެން ފުޅި މަނާވާ ތާރީހު 2026އަށް ފަސްކޮށްފި

މިއީ އެ މުއްދަތު ފަސްކުރި ދެވަނަ ފަހަރު؛ 1 ޑިސެމްބަރު 2025ގެ ފަހުން އެ ވައްތަރުގެ ޕްލާސްޓިކް ފެންފުޅި އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން މަނާވާނެ
1 އޯގަސްޓު 2024

އެއް ލީޓަރާއި އެއަށް ވުރެ ކުދި ޕްލާސްޓިކް ފެން ފުޅި ރާއްޖޭގެ ބާޒާރަށް ނެރުން މަނާވާ ތާރީހު 1 މާޗު 2026އަށް ފަސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު އިއްޔެ ނެރުއްވި ގަރާރަކުން މި ތާރީހު ފަސްކޮށްފައި ވާއިރު، މީގެ ކުރިން ކަނޑައަޅާފައި އޮތީ މިއަދުން ފެށިގެން 1 ލީޓަރާއި އެއަށް ވުރެ ކުދި ފެން ފުޅި އުފެއްދުމާއި އެތެރެކުރުން މަނާ ކުރުމަށެވެ. މިއީ އެ މުއްދަތު ފަސްކުރި ދެވަނަ ފަހަރެވެ. 

ތަފްސީލް - އިއްޔެގެ ގަރާރުގައިވާ ގޮތުން، އެ ވައްތަރުގެ ޕްލާސްޓިކް ފެންފުޅި:

  • އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން 1 ޑިސެމްބަރު 2025 އިން ފެށިގެން މަނާވާނެ 

  • ރާއްޖޭގެ ބާޒާރުގައި ވިއްކުން 1 މާޗު 2026 އިން ފެށިގެން މަނާވާނެ

އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކްގެ ބާވަތްތައް މަނާކުރަން ކަނޑައަޅާފައިވަނީ އޭގެ ބަދަލުގައި ބޭނުންކުރާނެ، ތިމާވެއްޓާ ރައްޓެހި ބާޒާރުގައި ލިބެން ހުރި މިންވަރަށް ބެލުމަށް ފަހު ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

ގުޅުން ހުރި ކަމެއް - މީގެ ކުރިން ވަނީ އިތުރު 12 ބާވަތެއްގެ ޕްލާސްޓިކް މަނާކޮށްފަ އެވެ. އޭގެ ތެރޭގައި 500 އެމްއެލް ޕްލާސްޓިކް ފުޅި ހިމެނޭއިރު، އެ ތަކެތި މަނާކުރީ ފިޔަވަހިތަކަކަށް ބަހާލައިގެން އެކި ތާރީހުތަކުގަ އެވެ.

އެއް ލީޓަރުގެ ފުޅި އަކީ ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރުމުގެ ލިސްޓުގެ ދަށުން މަނާކުރާ އެންމެ ފަހު ބާވަތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް